ބޮލީވުޑްގެ ބަތަލާ ސަނީ ލިއޯން ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އެބަދެ އެވެ.
ސަނީ މިފަހަރު ރާއްޖެ އައިސްފަ ވަނީ އެކަންޏެވެ.
ސަނީ ޗުއްޓީ ހޭދަ ކުރަމުން ދަނީ ބ. އަތޮޅުގައި ހިންގާ ރޯޔަލް އައިލެންޑް ރިސޯޓުގައި އެވެ. ޗުއްޓީގެ ހުރިހާ ހާއްސަ ކަމެއް ސަނީ ދަނީ އިންސްޓްރާމް މެދުވެރިކޮށް ސަޕޯޓަރުންނާއި ހިއްސާ ކުރަމުންނެވެ.
ސަނީ ސްޓޯރީގައި ވަނީ ރިސޯޓަށްދާ މަންޒަރާއި ރީތި ގޮނޑުދޮށުގައި ހުއްޓިލައިގެން ހުރި ފޮޓޯތަކާއި ވީޑިއޯ ހިއްސާކޮށްފަ އެވެ.
ސަނީ ރާއްޖެ އައި ފަހުން ކޮށްފައިވާ ޕޯސްޓުގައި އޭނާ ސްވިމްސޫޓު ލައިގެން ނަގާފައިވާ ފޮޓޯތަކަކާއި ވީޑިއޯއެއް ހިއްސާކޮށްފަވެ އެވެ. އެ ޕޯސްޓުގައި ބުނެފަވަނީ އެނބުރި ސުވަރުގެއަށް އައީ ކަމަށެވެ.
https://www.instagram.com/p/CYg8GxCBdTC/
މިދިޔަ އަހަރު ސެޕްޓެމްބަރު މަހުވެސް އާއިލާ އާއި އެކު ސަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވެ އެވެ. އެ ފަހަރު ޗުއްޓީ ހޭދަ ކުރީ ސަން ޝިޔާމް އޮޅުވެލި ރިސޯޓުގައި އެވެ.
އެ ދަތުރުގައި ސަނީ އާއި އެކު އާއި ފިރިމީހާ ޑެނިއަލް ވެބާ އާއި އެކު އެ ދެމީހުންގެ ދަރިން ކަމަށްވާ ނިޝާ ކައުރް ވެބާ، ނޯހް އޭޝާ ސިންގް ވެބާ އަދި ނޯން ސިންގް ވެބާ ބައިވެރިވި އެވެ. ނިޝާ އަކީ އެމީހުން އެޑޮޕްޓް ކޮށްފައިވާ ކުއްޖެކެވެ.
ސަނީގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު އެންމެ ފަހުން ރިލީޒް ކުރި އޭނާގެ ފިލްމަކީ “ދަ ބެޓްލް އޮފް ދިމާ ކޮރެގޯން” އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް