އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖަކު ކޮވިޑަށް ޕޮޒިޓިވް ވުމުން، އެ ދަރި ކާރުގެ ޑިކީއަށް ލި މަންމައެއްގެ މައްޗަށް ދައުވާ އުފުލައިފިއެވެ.
މިދިޔަ ހަފްތާ ބަންދުގައި މި ހާދިސާ ހިނގާފައިވަނީ އެމެރިކާގެ ޓެކްސަސްގައެވެ.
އޭނާ މަންމަ ކަމާބެހޭ ފަރާތްތަކަށް މައުލޫމާތު ހިއްސާކުރަމުން ބުނެފައިވަނީ އެ ކުއްޖާ ޕޮޒިޓިވް ވި ކަމުގެ ނަތީޖާ ލިބުނީ ގޭގައި ތިއްބާ ކަމަށާއި އެކަން ކަށަވަރު ކުރުމަށް ޓެސްޓް ކުރާ މަރުކަޒަކަށް އަވަހަށް ދާން ބޭނުންވީ ކަމަށެވެ.
އެ ކުއްޖާ ކާރުގެ ޑިކީއަށް ލީ އެ މަންމައަށް ކޮވިޑު ޖެހުމުގެ ބިރު އޮތުމުން ކަމަށްވެސް ބުނެފައިވެއެވެ.
މި މައްސަލައިގާ އެ އަންހެން މީހާ އަދި ހައްޔަރުކޮށްފައެއް ނުވެއެވެ. ނަމަވެސް މައްސަލައިގާ ދައުވާ މިހާރު ވަނީ އުފުލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް