އެމްއެމްއޭއިން ދަތުރުވެރިންނަށް 15.2 މިލިއަން ޑޮލަރު ވިއްކައިފި

ފާއިތުވި ދޮޅުމަހެއްހާ ދުވަސްތެރޭގައި އެމްއެމްއޭއިން ދަތުރުވެރިންނަށް 15.2 މިލިއަން ޑޮލަރު ވިއްކައިފި އެވެ. އެމްއެމްއޭއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެއާއި ހަމައަށް 30 ހާސް ފަސް ސަ...

10 Jan 2017 | 05:47

ފާއިތުވި ދޮޅުމަހެއްހާ ދުވަސްތެރޭގައި އެމްއެމްއޭއިން ދަތުރުވެރިންނަށް 15.2 މިލިއަން ޑޮލަރު ވިއްކައިފި އެވެ.

އެމްއެމްއޭއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެއާއި ހަމައަށް 30 ހާސް ފަސް ސަތޭކަ ދެ ޓިކެޓަކަށް 15 މިލިއަން އެއްލައްކަ 64 ހާސް ދެ ޑޮލަރު ވިއްކާފައި ވެ އެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ 233.8 މިލިއަން ރުފިޔާ އެވެ.

ބޮޑު ޗުއްޓީއާއި ދިމާކޮށް އެމްއެމްއޭއިން ޑޮލަރު ވިއްކަން ފެށީ ބޭންކުތަކުގައި ޑޮލަރު ގަތުމަށް ހެދި ކިއުތައް ދިގުވެ މައްސަލަތައް ކުރިމަތިވުމާއި ގުޅިގެން އެކަމަށް ހައްލެއް ގެނައުމުގެ ގޮތުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް