ރާނބާ ރެސްޓޯރެންޓްގައި ހިނގި މާރާމާރީއެއްގައި ދެމީހަކު ޒަހަމްވެއްޖެ

ރާނބާ ރެސްޓޯރެންޓް ތެރޭގައި މިރޭ ހިނގި ހަމަނުޖެހުމެއްގައި ދެމީހަކު ޒަހަމްވެއްޖެ އެވެ. މަންޒަރު ދުއް މީހަކު ދުވަހަށް ކިޔައިދެމުންބުނީ މާރާމާރީ ހިނގީ ރާނބާ ރެސްޓޯރެންޓްގައި ޕާޓީއެއް ކުރިއަށްދަނިކޮށް އެތ...

10 Jan 2015 | 16:09

ރާނބާ ރެސްޓޯރެންޓް ތެރޭގައި މިރޭ ހިނގި ހަމަނުޖެހުމެއްގައި ދެމީހަކު ޒަހަމްވެއްޖެ އެވެ.

މަންޒަރު ދުއް މީހަކު ދުވަހަށް ކިޔައިދެމުންބުނީ މާރާމާރީ ހިނގީ ރާނބާ ރެސްޓޯރެންޓްގައި ޕާޓީއެއް ކުރިއަށްދަނިކޮށް އެތަނަށް ހަތަރު މީހަކު ވަދެ ފޯނެއް ފޭރިގަނެގެން ފިލަން އުޅުމުން ޕާޓީތެރެއިން ބަޔަކު އެމީހުން ހުއްޓުވަން އުޅުމުގެ ތެރޭގައި ކަމަށެވެ.

"ޕާޓޭ ފާޑަށް ތިބި ބަޔަކު ވަނީ ، ވަދެ އެތަނުން ފޯނެއް ފޭރިގަނެގެން ދާން އުޅުނީ، ދެން އެތާނގަ ތިބި ބަޔަކު އެމީހުން ހުއްޓުވަން މަސައްކަތްކުރީ ކުރީމަ އަޅިކެނޑިއާ ތަށިތަކާއެއްޗެހި އުކީ، އުކުމުގެ ތެރޭގަ ދެމީހަކުވެސް ޒަހަމްވި، އެކަކީ ސިފައިންގެ މީހެއް" މަންޒަރު ދުއް ފަރާތުން ކިޔާދިނެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ޒަހަމްވީ އެމްއެންޑީއެފްގެ ލާންސް ކޯޕްރަލް މުހައްމަދު ފަޒީލް އާއި އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮއެވެ.

ފުލުހުންބުނީ މިރޭ 19:08 ހާއިރު ރާނބާގައި ހިނގި މާރާމާރީއެއްގައި ޒަހަމްވި 35 އަހަރުގެ މީހަކާއި 23 އަހަރުގެ މީހަކަށް އައިޖީއެމް ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާކަމަށެވެ.

ފުލުހުން އިތުރަށްބުނީ މި މައްސަލައިގާ ތުހުމަތު ކުރެވޭ ބަޔަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށާފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް