މާލޭ ގެއެއްގެ ޓެރަސްމަތީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ގ.އައިޒިޔާ ގޭގެ ޓެރަސްމަތީގައި ހުރި ލަކުޑިތަކެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ. މި ހާދިސާގައި އެއްވެސ މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އެމްއެންޑިއެފުން ބުނީ އެ ގޭގެ ޓެރަސްމަތީ ...

10 Jan 2015 | 11:49

ގ.އައިޒިޔާ ގޭގެ ޓެރަސްމަތީގައި ހުރި ލަކުޑިތަކެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ. މި ހާދިސާގައި އެއްވެސ މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

އެމްއެންޑިއެފުން ބުނީ އެ ގޭގެ ޓެރަސްމަތީ ހުރި ލަކުޑިތަކެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔަރމަނުން ނިއްވާލާފައިވާކަމަށެވެ.

މިއަދު ގާތްގަނޑަކަށް 15:40 ހާއިރު މި ހާދިސާ ހިނގި ކަމުގެ މަޢުލޫމާތު އެފްއާރުއެސްއަށް ލިބުމާއެކު ފަޔަރމަނުންގެ ޓީމެއް އެގެއަށްގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށި ކަމަށާއި މިހާދިސާގައި ރޯވި އަލިފާން އެއްކޮށް ނިއްވާލެވިފައި ވަނީ ގާތްގަނޑަކަށް 16:09 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އަދި އަލިފާން އެއްކޮށް ނިއްވާލުމަށްފަހު ރޯވެފައިވާ ލަކުޑިތަކުން ދުން އަރާތީ އިތުރަށް ފެން ޖެހުމުގެ މަސައްކަތްވެސް ފަޔަރމަނުންގެ ޓީމުން ކޮށްފައިވާކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް