ގޮދަޑިއެއްގެ ތެރޭގައި މަސްތުވާތަކެތި ރައްކާކޮށްގެން އުޅުނު ބިދޭސީއަކު ހައްޔަރުކޮށްފި

ގޮދަޑިއެއްގެ ތެރޭގައި ރައްކާކޮށްފައިވާ މަސްތުވާތަކެތި ކަމަށް ތުޙުމަތު ކުރެވޭ އެއްޗެއްހުރި 08 ސެލޯފިންކޮޅާއެކު ދ. މީދޫން ބިދޭސީއަކު ހައްޔަރު ކޮށްފިއެވެ. ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ހައްޔަރު ...

10 Jan 2015 | 11:15

ގޮދަޑިއެއްގެ ތެރޭގައި ރައްކާކޮށްފައިވާ މަސްތުވާތަކެތި ކަމަށް ތުޙުމަތު ކުރެވޭ އެއްޗެއްހުރި 08 ސެލޯފިންކޮޅާއެކު ދ. މީދޫން ބިދޭސީއަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައި ވަނީ ބަނގުލަދޭޝްގެ 20 އަހަރުގެ ރައްޔިތެއް ކަމަށެވެ.

މިމީހާ ހައްޔަރުކުރީ ދ.މީދޫގައި ބިދޭސީންތަކެއް މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރަމުންދާކަމަށް ޕޮލިސް އިންޓަލިޖެންސަށް މަޢުލޫމާތު ލިބުމާއެކު އިންޓެލިޖެންސާއި ދ.ކުޑަހުވަދޫ ޕޮލިސް ސްޓޭޝަން ގުޅިގެން މި މަހުގެ 08 ވަނަ ދުވަހުގެ ރޭ ދަންވަރު 01:00 ހާއިރު މީދޫގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުނެވެ.

މި އޮޕަރޭޝަންގައި ބަލާ ފާސްކުރީ ދ. މީދޫ ނިވައިގޭގައި ބިދޭސީން ދިރިއުޅެމުންދާ ކޮޓަރިއެއް ކަމަށާއި މަސްތުވާތަކެތި ކަމަށް ތުޙުމަތު ކުރެވޭ އެއްޗެއްހުރި މި ސެލޯފިންކޮޅުތައް ފެނިފައި ވަނީ އެ ކޮޓަރިތެރެ ބަލައި ފާސްކުރިއިރު، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާ ނިދުމަށް ބޭނުންކުރާ ގޮދަޑި ކަފާލައި އެ ގޮދަޑިތެރޭގައި ރައްކާކޮށްފައި ވަނިކޮށް ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބިދޭސީމީގެ ބަންދާމެދު ގޮތެއް ނިންމުމަށް ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން ހޯމް މިނިސްޓްރީން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިޔަށް ގެންދިއުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް