ފޯނެއް ފޭރިގަނެގެން ސައިކަލެއްގައި ފިލަން ދުއްވި ދެމީހަކު އަތުލައިގެންފި

ފޯނެއް ފޭރިގަތުމަށްފަހު ސައިކަލެއްގައި ފިލަން ދުއްވި 02 މީހަކު އޯފް ޑިއުޓިގައި އުޅުނު، ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓުގެ ދެ ފުލުހެއްގެ މަސައްކަތުން އަތުލައިގެންފިއެވެ. ފުލުހުންބުނީ މ...

10 Jan 2015 | 10:18

ފޯނެއް ފޭރިގަތުމަށްފަހު ސައިކަލެއްގައި ފިލަން ދުއްވި 02 މީހަކު އޯފް ޑިއުޓިގައި އުޅުނު، ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓުގެ ދެ ފުލުހެއްގެ މަސައްކަތުން އަތުލައިގެންފިއެވެ.

ފުލުހުންބުނީ މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 25 އަހަރުގެ އަދި 28 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށެވެ. އަދި މިމީހުން އަތުލައިގަތީ މަޖީދީމަގު ޓިނުޕާކް ކައިރިން ހިނގާފައި ދިޔަ ފިރިހެނެއްގެ ފޯނު ސައިކަލެއްގައި ދުއްވާފައި އައި ދެ މީހަކު ފޭރިގަނެ ފިލަން މަސައްކަތް ކުރިތަން އެވަގުތު އެސަރަޙައްދުގައި އުޅުނު ދެ ފުލުހުންނަށް ފެނުމާއެކު އެ މީހުން ފަހަތުން ދުއްވާފައި ގޮސް ކަމަށެވެ.

ޓިނުޕާކް ސަރަޙައްދުން ފޯނު ފޭރިގަތުމަށްފަހު ފިލަން ދުއްވި ދެ މީހުން އަތުލައިގެންފައި ވަނީ އަމީނީމަގު އިސްކަންދަރުކޮށި ކައިރިން ކަމަށާއި މި ދެމީހުންނަކީވެސް މާރާމާރީއާއި ފޭރުމާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ ދެމީހުން ކަމަށްވެސް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް