ރާއްޖޭގެ ގައުމީޓީމާއި ހަވާލުވުމާމެދު ރަސްމީކޮށް އަދި ގޮތެއް ނުނިންމަން- ވެލިޒާ ޕޮޕޯވް

ރާއްޖޭގެ ގައުމީޓީމުގެ ކޯޗުކަމަށް ކުރީގެ ނިއުރޭޑިއަންޓްގެ ކޯޗު ވެލިޒާ ޕޮޕޯވް ގެންނަން އުޅޭކަމުގެ އަޑުތަށް ފެތުރިފާވާއިރު، ރާއްޖޭގެ ގައުމީޓީމާއި ހަވާލުވުމާމެދު ރަސްމީކޮށް އަދި ގޮތެއް ނުނިންމާ ކަމުގައި ވ...

10 Jan 2015 | 08:46

ރާއްޖޭގެ ގައުމީޓީމުގެ ކޯޗުކަމަށް ކުރީގެ ނިއުރޭޑިއަންޓްގެ ކޯޗު ވެލިޒާ ޕޮޕޯވް ގެންނަން އުޅޭކަމުގެ އަޑުތަށް ފެތުރިފާވާއިރު، ރާއްޖޭގެ ގައުމީޓީމާއި ހަވާލުވުމާމެދު ރަސްމީކޮށް އަދި ގޮތެއް ނުނިންމާ ކަމުގައި ވެލިޒާ ޕޮޕޯވް ބުނެފިއެވެ.

ދުވަހުން ކުރި ސުވާލަކަށް ޖަވާބު ދެމުން ޕޮޕޯވް ބުނީ އޭނާގެ ކޯޗިން ކެރިއަރގެ ކުރިމަގާމެދު އަދި އެއްވެސް ކަމެއް ރަސްމީކޮށް ނިންމާފައިނުވާކަމަށެވެ. އަދި ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އޭނާގެ ކެރިއަރގެ ކުރިމަގާމެދު ވަގިގޮތެއް ރަސްމީކޮށް ނިންމާނެ ކަމަށްވެސް ވެލިޒާ ޕޮޕޯވް ބުންޏެވެ.

ނިއުރޭޑިއަންޓުގައި ހޯދި ކާމިޔާބަށްފަހު ތައިލެންޑުގެ ސުފަންބޫރީ އެފްސީއަށް ވެލިޒާ ޕޮޕޯވް ބަދަލުވެފައިވާއިރު، އެ ކުލަބާއެކު ވެފައިވާ ކޮންޓްރެކްޓްވަނީ ނިމުމަކަށް އައިސްފައެވެ.

ތައިލެންޑުގެ ކުލަބަށް ބަދަލުވުމަށްފަހުވެސް ޕޮޕޯވް ފެނިގެން ގޮސްފައިވަނީ ސޯޝިއަލް މީޑިއާގައި ރާއްޖޭގެ ފުޓުބޯޅައާއި ގާތް ކޯޗެއްގެ ގޮތުގައެވެ. އަދި ދާދިފަހުން ޗުއްޓީ ހޭދަކުރުމަށްވެސް ޕޮޕޯވް ރާއްޖެ އައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް