ވަގަށް ނަގާފައިވާކަމަށް ބެލެވޭ ގޭސް އުނދުނަކާއެކު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، އޭނާ އަމަލުތައް ހުރިގޮތުން ތުހުމަތު ކުރެވިގެން އިއްޔެ ހެނދުނު 06:30 ހާއިރު އޯކިޑްމަގު3132 ޓެކްސީ ސެންޓަރު ކައިރިން، މާލެތެރެ ބެލެހެއްޓުމުގައި ހަރަކާތްތެރިވަމުންދިޔަ މާފަންނު ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ކަމަށާއި ވަގަށް ނަގާފައިވާ ކަމަށްބެލެވޭ ގޭސް އުނދުން ފެނިފައިވަނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކުރިއިރު އޭނާގެ އަތުގައިއޮތް ދަބަހެއްގެ ތެރެއިން ކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން އިތުރަށް ބުނީ މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާއަކީ 69 ފަހަރު މަތިން ހުއްޓުވައި ސުވާލުކޮށް 18 ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް 6 ފަހަރު ހައްޔަރުކޮށްފައިވާ މީހެއް ކަމަށެވެ. އަދި، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ 4 މައްސަލައެއްގައި ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށާއި އޭނާއަކީ މަސްތުވާތަކެތީގެ މައްސަލަތަކާއި ހަތިޔާރު ބޭނުންކޮށްގެން ފޭރުމާއި ވަގަށް ނަގާފައިވާ ތަކެތި ގެންގުޅުމުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ ފަރާތެއް ކަމަށްވެސް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް