ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ކޮއްކޯފުޅު ގޮތަބަޔާ ރާޖަޕަކްސަ ފިއްލަވައިގެން އިއްޔެ ރާއްޖެ ވަޑައިގެންފައިވާ ކަމަށް ދެކެވޭ ވާހަކަ ރާއްޖޭގެ ފޮރިން މިނިސްޓްރީން ދޮގުކޮށްފި އެވެ.
ރާޖަޕަކްސާގެ ކޮންކޯފުޅު ފިއްލަވައިގެން ރާއްޖެ އައިސްފައިވާ ކަމަށް ލަންކާގެ ކޮލަންބޯ ޓެލެގްރާފުން އިއްޔެ ކުރި ރިޕޯޓަކާއި ގުޅިގެން ފޮރިންގ މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ލަންކާގެ ކުރީގެ ސަރުކާރުގެ އިސް ބައެއް ބޭފުޅުން ރާއްޖެ އަށް ވަޑައިގެންފައިވާ ކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް ކަމަށެވެ.
https://twitter.com/MDVForeign/status/553794534165868544
އެ ނޫހުގައި ރިޕޯޓު ކޮށްފައިވާގޮތުން ރާޖަޕަކްސަގެ ސަރުކާރުގެ ޑިފެންސް ސެކްރެޓަރީކަން ވެސް އަދާކުރެއްވި ގޮތަބަޔާ ވަނީ އެއާ ފޯސް މަތިންދާ ބޯޓެއްގައި "ފިއްލަވައިގެން" އިއްޔެ ރާއްޖެ ވަޑައިގެންފަ އެވެ.
އޭގެ އިތުރުން މިއަދު ސޯޝަލް މީޑިއާގައި ވަނީ ލަންކާގެ އިސްވެރިއެއް ރާޢްޖޭގައި އުޅުއްވާ ފޮޓޯއެއް ކަމަށް ބުނެ ފޮޓޯއެއް އާންމުކޮށްފައި އެވެ. އަދި އޭނާއަށް ސިފައިން ސެކިއުރިޓީ ދެމުންދާކަމަށްވެސް އެ ފޮޓޯ އާންމުކޮށްފައިވާ ފަރާތުން ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް