ވައްކަން ކުރުމަށް ބޭނުން ކުރެވިދާނެ ބައެއް އާލާތްތަކާއެކު މީހަކު މާފަންނު ޕޮލިސްގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ މި ޖެނުއަރީ މަހުގެ 08 ވަނަ ދުވަހު ރޭ ދަންވަރު މާލެތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވި މާފަންނު ޕޮލިސްގެ ފުލުހުންނަށް، ދުވާޓްރެކް ސަރަހައްދުގައި އުޅުނު މީހެއްގެ ޢަމަލުތައް ހުރި ގޮތުން ތުޙުމަތު ކުރެވިގެން ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން އިތުރަށް ބުނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކުރިއިރު އޭނާގެ އަތުން ވައްކަން ކުރުމަށް ބޭނުން ކުރެވިދާނެ ބައެއް އާލާތްތައް ވަނީ ފެނިފައިވާކަމަށާއި މި މީހާއަކީ ވައްކަމާއި ފޭރުމުގެ ގިނަ އަދަދެއްގެ މައްސަލަތަކުގެ ރެކޯޑްގެ އިތުރުން މަސްތުވާތަކެތީގެ މައްސަލައެއްގެ ރެކޯޑް އޮންނަ މީހެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް