ފިހާރައެއް ފަޅާލި މައްސަލައެއްގައި ހަތަރު ކުޑަކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ށ. ފުނަދޫ ފިހާރައަކުން ވަގަށް ނަގާފައިވާ ގިނަ ޢަދަދެއްގެ ފައިސާއާއި ފޯނުތަކަކާއި ސިނގިރޭޓް ފޮށިތަކެއް ހޯދައި ހަތަރު ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. ފުލުހުން ބުނީ މިމައްސަލާގައި ފު...

10 Jan 2015 | 07:33

ށ. ފުނަދޫ ފިހާރައަކުން ވަގަށް ނަގާފައިވާ ގިނަ ޢަދަދެއްގެ ފައިސާއާއި ފޯނުތަކަކާއި ސިނގިރޭޓް ފޮށިތަކެއް ހޯދައި ހަތަރު ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 12 އަހަރުގެ  ފިރިހެން ދެ ކުއްޖަކާއި 14 އަހަރުގެ  ފިރިހެން ދެ ކުއްޖެއް ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ ފުނަދޫ ފިހާރައަކުން ވައްކަން ކޮށްފައިވާކަމަށް ބުނެ މި ޖެނުއަރީ މަހުގެ 9 ވަނަ ދުވަހުގެ 14:28 ހާއިރު ފުނަދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން މި 4 ކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އެދުވަހުގެ ހަވީރު 16:30 ހާއިރު ކަމަށެވެ.

އަދި މިމައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކުދިން އުޅެމުންދާ ގެތައް ބަލައިފާސްކުރިއިރު އެ ފިހާރައިން ވަގަށްނަގާފައިވާކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ -/5000 ރުފިޔާއަށްވުރެ ގިނަ ފައިސާއާއި 3 ފޯނެއްގެ އިތުރުން 6 ސިނގިރޭޓް ފޮށި ފެނިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް