ހުޅުމާލޭ ގަސްތަކެއްގައި ރޯވި އަލިފާން ގަނޑު ނިއްވާލައިފި

ހުޅުމާލޭ ނިރޮޅުމަގުގެ އިރުމަތީ ފަރާތުން ކުނިގޮނޑާ ދިމާލުގައި ހުރި ގަސްތަކުގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި އެވެ. އެމްއެންޑީއެފުން ބުނީ އެ ސަރަހައްދުގައި ހުރި ގަސްތަކެއްގައި އަލިފާން  ރޯވެފައިވާ ކަ...

10 Jan 2015 | 07:16

ހުޅުމާލޭ ނިރޮޅުމަގުގެ އިރުމަތީ ފަރާތުން ކުނިގޮނޑާ ދިމާލުގައި ހުރި ގަސްތަކުގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި އެވެ.

އެމްއެންޑީއެފުން ބުނީ އެ ސަރަހައްދުގައި ހުރި ގަސްތަކެއްގައި އަލިފާން  ރޯވެފައިވާ ކަމުގެ މައުލޫމާތު ލިބުނީ ރޭ 09:15 ހާއިރު ކަމަށާއި، ފަޔާ އެންޑް ރެސްކިއު އާއި ހުޅުމާލޭ ފުލުހުންގެ މަސައްކަތުން އަލިފަން ގަނޑު ނިއްވާލެވުނީ ފަތިހު 03:30 ހާއިރު ކަމަށެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބު ނޭނގޭއިރު އެމްއެންޑީއެފުން ބުނީ އަލިފާން ފުރަތަމަ ރޯވެފައިވަނީ ވަލުތެރޭގައި ހުރި ހިކި ކުނިތަކެއްގައި ކަމަށެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.

ހުޅުމާލޭގައި ހިނގި އަލިފާނުގެ ހާދިސާ އެމްއެންޑީއެފުން  ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް