ކާށިދޫ މަގުމަތީ ފާރުތަކުގައި ހުރި ކުރެހުންތައް ފިލުވުމުގެ މަސައްކަތް ކޮށްފި

ކ. ކާށިދޫ މަގުމަތީ ފާރުތަކުގައި ލިޔެ ކުރަހާފައިވާ ގިނަ ޢަދަދެއްގެ ގްރެފިޓީތައް ފިލުވާލުމުގެ މަސައްކަތްކޮށްފިއެވެ. ފުލުހުން ބުނީ ކާށިދޫގައި މަސައްކަތްކުރާ ފުލުހުންނާއި ކާށިދޫގައި ހިންގި ބްލޫސް ފޮރ ޔޫތު...

10 Jan 2015 | 06:29

ކ. ކާށިދޫ މަގުމަތީ ފާރުތަކުގައި ލިޔެ ކުރަހާފައިވާ ގިނަ ޢަދަދެއްގެ ގްރެފިޓީތައް ފިލުވާލުމުގެ މަސައްކަތްކޮށްފިއެވެ.

ފުލުހުން ބުނީ ކާށިދޫގައި މަސައްކަތްކުރާ ފުލުހުންނާއި ކާށިދޫގައި ހިންގި ބްލޫސް ފޮރ ޔޫތު ކޭމްޕުގެ ބައިވެރިންގެ އިތުރުން ކާށިދޫ ކައުންސިލް ގުޅިގެން މި ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު ކުރި މި މަސައްކަތުގައި މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ހުންނަ ކުރެހުންތަކާއި ބޭއަދަބީ ބަސްތަކާއި އިންޒާރުގެ ލިޔުންތަކާއި މީހުންގެ އަބުރަށް ހުތުރުވާގޮތަށް ލިޔެފައިހުރި އިބާރާތްތައް ފިލުވާފައިވާކަމަށެވެ.

އެގޮތުން ކުރި މި މަސައްކަތުން ކާށިދޫގެ 35 ސަރަޙައްދެއްގައި ހުރި މިފަދަ ލިޔުންތަކާއި ކުރެހުންތައް ފިލުވައި ކުލަލާފައިވާކަމަށާއި މި މަސައްކަތް ކުރިއަށް ގެންދިޔުމުގައި ކާށިދޫ ކައުންސިލްގެ ފަރާތުން ފުލުހުންނަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް