އަންނަ ހަފްތާގައި ފިލިޕިންސްގައި ފަސް ދުވަހަށް ދެމިގެންދާ ބޮޑު ރަސްމިއްޔާތެއް ކުރިއަށްދާތީ އެގައުމުގެ ދެހާސް ފުލުހުންނަށް ނެޕީ ޖަހަން މަޖުބޫރު ކޮށްފި އެވެ.
އެ ދެހާސް ފުލުހުންނަށް ހެޔޮވަރު ސައިޒްތަކުގެ ނެޕީ މިހާރު ދީފައިވާއިރު ފިލިޕިންސްގެ ފުލުހުން ބުނެފައިވަނީ ޓްރެފިކް ބެލެހެއްޓުމުގައި އެދުވަސްތަކުގައި ޑިއުޓީއަދާކުރާ ފުލުހުން ފާހާނާއަށް ދާންވެސް ފުރުސަތު ދެވެން ނޯންނާނެ ކަމަށެވެ. އަދި އެރަސްމިއްޔާތަކީ ބޮޑު ފާދިރީ ޕޯޕް ފުރާންސުއާ ފިލިޕިންސަށް ޒިޔާރަތްކުރާ ރަސްމިއްޔާތެއް ކަމުން އެ ރަސްމިއްޔާތުގައި ބައިވެރިވާ އާންމުންވެސް ނެޕީ ޖެހުމަށް އިލްތިމާސްކުރާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެ ރަސްމިއްޔާރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 އިން 19 އަށެވެ. އެދުވަސްތަކުގައި ޓްރެފިކް ބެލެއްޓުމުގައި ހަރަކާތްތެރިވާ ފުލުހުން ހަރަކާތްތެރިވާނީ 800 ފުލުހުން ހިމެނޭގޮތަށް ޝިފްޓްތަކަކަށް ބަހާލައިގެން ކަމަށްވެސް ފިލިޕިންސް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް