ޕޯސްޓްމޯޓަމް ހަދަން ޢަބްދުﷲ ރަޝީދުގެ ހަށިހަނޑު ފޮނުވާލުމުގެ ކުރިން އާއިލާއަށް މޫނު ދައްކައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ނިޔާވި ގދ. ހޯނޑެއްދޫ / ސްވެން ޢަބްދުﷲ ރަޝީދުގެ މަރުގެ މައްސަލަ ތަހުގީގު ކުރަން އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވައިލުމުގެ ކުރިން، އޭނާގެ އާއިލާއަށް މޫނު ...

30 Oct 2022 | 18:17

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ނިޔާވި ގދ. ހޯނޑެއްދޫ / ސްވެން ޢަބްދުﷲ ރަޝީދުގެ މަރުގެ މައްސަލަ ތަހުގީގު ކުރަން އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވައިލުމުގެ ކުރިން، އޭނާގެ އާއިލާއަށް މޫނު ދައްކައިފިއެވެ.

ޕޯސްޓްމޯޓަމް ހަދަން ރަޝީދުގެ ހަށިގަނޑު އިންޑިއާއަށް ފޮނުވައިލަން ނިންމާފައިވަނީ މާދަމާއެވެ. އެހެންކަމުން މިއަދު ކުޑަ ވަގުތުކޮޅަކަށް އޭނާގެ މޫނު ވަނީ އާއިލާއަށް ދައްކައިފައެވެ. އެވަގުތުކޮޅުގައި ގަލޮޅު މޯޗަރީ ކައިރިއަށް ގިނަ ބަޔަކު އެއްވި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ރަޝީދު ނިޔާވުމުގެ ކުރިން ފަރުވާއަށް އެދުނު ކަމަށާއި ނަމަވެސް އޭނާ "ފޭކް ޖައްސަނީ" ކަމަށް ބުނެ ފުލުހުން އޭނާއަށް ފަރުވާ ދޭން ނުގެންދާ ކަމަށް ވަނީ ތުހުމަތު ކޮށްފައެވެ. އެކަމާ ގުޅިގެން ފުލުހުންގެ އިދާރާއާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ނިންމީ ޢަބްދުﷲ ރަޝީދުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދާށެވެ.

ޕޯސްޓްމޯޓަމް ހެދުމަށް ރަޝީދުގެ އާއިލާއިން މީގެ ކުރިން ވަނީ ތަކުރާރުކޮށް ދެކޮޅު ހަދައިފައެވެ. އަދި އެމައްސަލަ އާއިލާގެ ފަރާތުން ސިވިލް ކޯޓުގައި ވެސް ޖެއްސިއެވެ. ނަމަވެސް އެ ކޯޓުން ކުރި ހުކުމުގައި ބުނީ އިހުމާލެއްގެ ސަބަބުން މީހަކު މަރުވި ކަމުގެ ތުހުމަތު ކުރެވޭ ކަންކަންމުގައި އެ މީހާ މަރުވި ސަބަބު ދެނެގަންނަން ޕޯސްޓްމޯޓަމް ހެދުމުގެ އިހުތިޔާރު ފުލުހުންނަށް ލިބިގެންވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް