ރާއްޖެ މި ފެންނަނީ ޑިމޮކްރަސީއާއި ދުރަށް ދާތަން: އަބްދުﷲ ޝާހިދު

ރާއްޖެ މިއަދު މި ފެންނަނީ ޑިމޮކްރަސީއާއި ދުރަށް ދާތަން ކަމުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް އަބްދުﷲ ޝާޙިދު ވިދާޅުވެއްޖެއެވެ. އަބްދުﷲ ޝާހިދު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުނ...

15 Sep 2024 | 08:22

ރާއްޖެ މިއަދު މި ފެންނަނީ ޑިމޮކްރަސީއާއި ދުރަށް ދާތަން ކަމުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް އަބްދުﷲ ޝާޙިދު ވިދާޅުވެއްޖެއެވެ.

އަބްދުﷲ ޝާހިދު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަގްވާމީ ޑިމޮކްރަސީ ދުވަހާއި ގުޅުވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި ވިދާޅުވެފައިވަނީ ބައިނަލްއަގްވާމީ ޑިމޮކްރަސީ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، ދިވެހިރާއްޖެއިން މިއަދު ފެންނަނީ ޑިމޮކްރަޓިކް ހަމަތަކާއި އުސޫލުތަކާއި ދުރަށް ދާތަން ކަމަށާއި އަދި އެއީ ކަންބޮޑުވާކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ ވިދާޅުވީ ޑިމޮކްރެޓިކް ހަމަތަކާއި ތަރައްގީ ވަނީ ގުޅިލާމެހިފައި ކަމަށެވެ.

އަބްދުﷲ ޝާހިދު އިތުރަށް ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގައި ޑިމޮކްރަސީގައި ހޯދުމުގެ ކާމިޔާބީތަކާއި ދުރަށް ނުދިޔުމަށް ގަދައަޅައި މަސައްކަތްކުރަން ޖެހޭނެކަމަށާއި، ޚިޔާލުފާޅުކުރުމާއި، އެއްވެއުޅުމުގެ މިނިވަންކަމާއި، އިންސާނީ ހައްގުތަކާއި ގާނޫނުގެ ވެރިކަން ނެގެހެއްޓުމަށް މަސައްކަތްކުރަން ޖެހޭނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް