މިފްކޯއަށް ސީއީއޯއަކު އައްޔަނުކޮށްފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އަށް ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އަކު އައްޔަނުކޮށްފިއެވެ. މިކަން ހާމަކޮށް މިފްކޯއިން މިއަދު ބުނެފައިވަނީ އެ ކުންފުނީގެ ސީއީއޯގެ މަގާމަށް ޑ...

09 Dec 2024 | 05:26

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އަށް ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އަކު އައްޔަނުކޮށްފިއެވެ.

މިކަން ހާމަކޮށް މިފްކޯއިން މިއަދު ބުނެފައިވަނީ އެ ކުންފުނީގެ ސީއީއޯގެ މަގާމަށް ޑރ. ވިޓާލީ ލުބިމޯވް ވަނީ އައްޔަނުކުރެވިފައި ކަމަށާއި އައު ސީއީއޯ މާދަމާ ހެނދުނު ރަސްމީ މަސައްކަތާއި ހަވާލުވެވަޑައިގަންނަވާނެ ކަމަށެވެ.

އައު ސީއީއޯގެ މަގާމަށް އައްޔަނުކުރެވުނު ޑރ. ވިޓާލީ އަކީ ސްވިޒަލެންޑަށް ނިސްބަތްވާ ބޭފުޅެކެވެ. އޭނާގެ ލިންކްޑްއިން ޕްރޮފައިލްގައި ބުނެފައިވާގޮތުގައި އޭނާއަކީ ސްޓްރެޓީޖިކް ކްރައިސިސް މެނޭޖްމަންޓް ދާއިރާއިން ތަޖުރިބާކާރެކެވެ.

އައު ސީއީއޯގެ މުސާރައާއި އެހެނިހެން އިނާޔަތްތަކާއިބެހޭ މައުލޫމާތު ލިބުނުހާ އަވަހަކަށް ހާމަކުރާނެކަމުގައިވެސް މިފްކޯއިން މިއަދު ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް