ޓެންޑާ ބޯޑު އަލުން އެކުލަވާލައިފި

ދައުލަތުން ކުރިއަށް ގެންދާ މަޝްރޫޢުތަކަށް ހުށަހަޅާ ބީލަންތައް ދިރާސާކުރާ ނެޝަނަލް ޓެންޑް ބޯޑް އަލުން އެކުލަވާލައިފިއެވެ. ސަރުކާރުގެ މަޝްރޫޢުތަކަށް ހުށަހަޅާ ބީލަންތައް ދިރާސާކުރުމަށްފަހު ކުންފުނިތަކާ އ...

09 Dec 2023 | 09:21

ދައުލަތުން ކުރިއަށް ގެންދާ މަޝްރޫޢުތަކަށް ހުށަހަޅާ ބީލަންތައް ދިރާސާކުރާ ނެޝަނަލް ޓެންޑް ބޯޑް އަލުން އެކުލަވާލައިފިއެވެ.

ސަރުކާރުގެ މަޝްރޫޢުތަކަށް ހުށަހަޅާ ބީލަންތައް ދިރާސާކުރުމަށްފަހު ކުންފުނިތަކާ އެ މަސައްކަތް ހަވާލުކުރާނީ ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގާ ރައީސުލްޖުމްހޫރިއްޔާ އެކުލަވާލާފައިވާ ޓެންޑާ ބޯޑުންނެވެ.

ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުގައި އެކުލަވާލި ފުރަތަމަ ޓެންޑާ ބޯޑުގެ ޗެއާމަނަކަށް ހަމަޖައްސަވާފައި ވަނީ ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ސާއިދު އެވެ.

ރައީސް މުޢިއްޒުގެ ސަރުކާރުން އެކުލަވާލި ޓެންޑާ ބޯޑުގެ މެންބަރުން:

ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު 2.އަހްމަދު ސާއިދު - ޗެއާމަން

އަބްދުﷲ އިމްރާން - ވައިސް ޗެއާމަން

މުންތާޒު އަބްދުއްރަހީމް - މެންބަރު

އާދަމް ބަދުރުﷲ - މެންބަރު

މުހައްމަދު ޝަނޫން ފުއާދު - މެންބަރު

ފާތުމަތު މުހައްމަދު ދީދީ - މެންބަރު

އަލްއުސްތާޒާ އައިމިނަތު ޒީނިޔާ – މެންބަރު

ދައުލަތުގެ ޕްރޮކިއުމަންޓުގެ ކަންކަމާ ގުޅޭ އުސޫލުތައް އެކުލަވާލުމާއި ޕްރޮކިއުމަންޓާ ގުޅޭ މަސައްކަތް ހިނގާ ނުހިނގާ ގޮތް ބަލާނީވެސް ޓެންޑާ ބޯޑުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް