އަސާސީ އެއްވެސް ބާވަތެއްގެ މުދާ އެތެރެ ކުރުމުގައި ހުރަހެއް ނެތް، އެކުވެރި ޤައުމުތަކުން ރާއްޖެއަށް އަބަދުވެސް އިސްކަންދޭނެ: ސައީދު

އަސާސީ އެއްވެސް ބާވަތެއްގެ މުދަލެއް އެތެރެ ކުރުމުގައި ހުރަހެއް ނެތް ކަމަށާއި އެކުވެރި ޤައުމުތަކުން ރާއްޖެއަށް އަބަދުވެސް އިސްކަންދޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ...

09 Dec 2023 | 07:27

އަސާސީ އެއްވެސް ބާވަތެއްގެ މުދަލެއް އެތެރެ ކުރުމުގައި ހުރަހެއް ނެތް ކަމަށާއި އެކުވެރި ޤައުމުތަކުން ރާއްޖެއަށް އަބަދުވެސް އިސްކަންދޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ސައީދު މިހެން ވިދާޅުވެފައި ވަނީ ރާއްޖެއަށް އެންމެ ގިނައިން ފިޔާ އެތެރެ ކުރާ އިންޑިއާއިން އަންނަ މާޗު މަހާއި ހަމައަށް އެ ޤައުމުން ފިޔާ އެކްސްޕޯޓްކުރުން މަނާކޮށްފައި ވަނިކޮށެވެ.

އެގޮތުން ސައީދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއަށް އަސާސީ އެއްވެސް ބާވަތެއްގެ މުދާ އެތެރެ ކުރުމުގައި ހުރަހެއް ނެތް ކަމަށެވެ.

ރާއްޖެއާއެކު ވިޔަފާރިކުރާ އެކުވެރި ޤައުމުތަކުން ރާއްޖެއަށް އަބަދުވެސް އިސްކަންދޭނެ ކަމަށްވެސް ސައީދު ވަނީ ވިދާޅުވެފައެވެ.

ހަމަ އެހެންމެ ދުނިޔޭގެ ކާބޯތަކެތީގެ ބާޒާރަށް ނުވަތަ ވަކިވަކި ޤައުމުތަކުގެ އެކްސްޕޯޓް ސިޔާސަތަށް ބަދަލު އައުމަކީ އެކި ދުވަސްވަރު ހިނގާ ކަންކަން ކަމަށް ސައީދުގެ ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.

ސައީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އެންމެ އިސްކަން ދެއްވާ ސިޔާސަތަކަށް އެ މަނިކުފާނުގެ ކެމްޕޭން ދުވަސްވަރުން ފެށިގެން އޮފީހާއި ރަސްމީކޮށް ހަވާލުވުމަށްފަހުވެސް ބައްލަވަމުން އައީ ރައްޔިތުންގެ ފުޑް ސެކިއުރިޓީ ޤާއިމު ކުރުން ކަމަށެވެ.

މީގެ އިތުރުން އެކަން ކާމިޔާބު ކުރާނީ ދެމެހެއްޓެނިވި ވަށާޖެހޭ ހައްލަކާއިއެކު ކަމަށްވެސް ސައީދު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް