ފުވައްމުލަކުގައި ސައިކަލަކުން ވެއްޓިފައި އޮއްވާ ފެނުނު ކުއްޖާގެ ހާލު ސީރިއަސް

ފުވައްމުލަކުގައި ފުލުހުން ޕެޓްރޯލް ކުރަމުން ދަނިކޮށް ސައިކަލަކާއެކު ވެއްޓިފައި އޮތް ކުޑަކުއްޖަކު ފެނިފައިވާ ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބ...

09 Dec 2023 | 06:21

ފުވައްމުލަކުގައި ފުލުހުން ޕެޓްރޯލް ކުރަމުން ދަނިކޮށް ސައިކަލަކާއެކު ވެއްޓިފައި އޮތް ކުޑަކުއްޖަކު ފެނިފައިވާ ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ރޭ ދަންވަރު މާލެގަން އަވަށުން، ބަހާރު މަގާއި ގާޒީ މަގާ ގުޅޭ ހިސާބުގައި ސައިކަލާއެކު ވެއްޓިފައި އޮއްވާ ފެނުނީ އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ.

އަދި މިހާރު އެ ކުއްޖާ އަށް ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ. ހާދިސާއާއި ގުޅޭ އިތުރު މައުލޫމާތު ލިބިފައިނުވާއިރު ފުލުހުން ބުނެފައިވަނީ މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް