ބޮލީވުޑްގެ ޖޯޑު ވިކީ ކައުޝަލް އާއި ކެޓްރީނާ ކެއިފްގެ ކައިވެންޏަށް މިއަދު އަހަރެއް ވެއްޖެ އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު ނުވަ ވަނަ ދުވަހު އެމީހުން ކައިވެނި ކުރީ ވަރަށް ހާއްސަ ރަސްމިއްޔާތެއްގައި ދެ ފަރާތު އާއިލާ އާއި ގާތް މީހުންގެ ހާޒިރުގައި އެވެ. ކައިވެނީގެ ހަފްލާތައް އޮތީ އިންޑިއާގެ ރާޖިސްތާނުގެ މަޝްހޫރު ހޮޓެލް ސިކް ސެންސަސް ފޯޓް ބަރްވަރާގައި އެވެ.
މި ދެމަފިރިން ކައިވެންޏަށް ފުރަތަމަ އަހަރު ފުރުން ފާހަގަ ކުރަން މިވަގުތު ތިބީ ޗުއްޓީގައި އެވެ. ޗުއްޓީ ހޭދަކުރަމުންދާތަން ހާމަ ނުކުރި ނަމަވެސް ކެޓްރީނާ ވަނީ ފަރުބަދަަމަތީ ސަރަހައްދެއްގައި އުފާވެރި ވަގުތުތަކެއް ހޭދަ ކުރަމުންދާކަން އިންސްޓަގްރާމް މެދުވެރިކޮށް ހާމަކޮށްފައި އެވެ.
ޗުއްޓީގެ ތެރެއިން ނަގާފައިވާ ކެޓްރީނާގެ ފޮޓޯތަކެއް ހިއްސާކޮށް ބުނެފައިވަނީ އެ ފޮޓޯތައް ނެގީ ފިރިމީހާ ވިކީ ކަަމަށެވެ.
https://www.instagram.com/p/Cl3aNAvtGZ8/
އެ ފޮޓޯތައް އިންޑިއާގެ ނޫސްތަކަށް އަރަމުންދާއިރު ކެޓްރީނާގެ ގާތް މީހަކާއި ހަވާލާދީ ކައިވެނީގެ ހަދިޔާގެ ހަބަރުތައް ދަނީ ޖަހަމުންނެވެ. އެމީހާ މީޑިއާގައި ބުނީ ދެމީހުންވެސް އެކަކު އަނެކަކަށް ދިނީ ވަރަށް އަގުބޮޑު ހަދިޔާއެއް ކަމަށެވެ.
އެގޮތުން ވިކީ، ކެޓްރީނާއަށް ދިނީ ކަސްޓަމައިޒް ޖުވެލަރީ ސެޓެއް ކަމަށް ބުންޏެވެ. އޭގެ އަގެއް އެމީހާއަށް ބުނެދޭން ނޭނގޭ ކަމަށް ބުނެފައިވެ އެވެ.
ކެޓްރީނާ، ވިކީއަށް ދިނީ ސްވެންކީ ކާރެކެވެ. ދެމަފިރިން މިވަގުތު ޗުއްޓީ ހޭދަ ކުރަމުންދާނީ އެ ކާރު ވިކީއަށް އަދި ދިނީ ރަމްޒީކޮށް ކަމަށް ބުންޏެވެ. ވިކީއަށް އަދި އެ ކާރުގެ ކުލަވެސް ނޭނގޭ ކަމަށްވެ އެވެ.
ވިކީވެސް ވަނީ ކައިވެނީގެ އަހަރީ ދުވަހުގެ މުނާސަބަތުގައި އިންސްޓަގްރާމްގައި ކެޓްރީނާއަށް މަރުހަބާ ކިޔައި ރީތި ޕޯސްޓެއް ކޮށްފައި އެވެ. އޭގައި ބުނެފައިވަނީ ކެޓްރީނާ އާއި އެކު ކައިވެންޏަށް ފަހު ހޭދަވި އެއް އަހަރު ދިޔައީ ޖާދުވީ ގޮތަކަށް ކަމަށެވެ.
https://www.instagram.com/p/Cl8FA4Tvi-O/
ކެޓްރީނާ އާއި ވިކީ ކައިވެނި ކުރީ ދެ އަހަރަށްވުރެ ގިނަ ދުވަހު ރައްޓެހިވެގެން އުޅުމަށް ފަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް