ރާއްޖޭގައިވެސް އޮޕަރޭޓްކުރަމުން އަންނަ މެރީ ބްރައުން ފްރެންޗައިސް އަށް މި އަހަރުގެ ބެސްޓް ފްރެންޗައިސް އެވޯޑް ލިބިއްޖެއެވެ.
މެލޭޝިޔާއަށް ނިސްބަތްވާ މި ފްރެންޗައިސް އަށް މި އެވޯޑް ލިބުނީ މެލޭޝިޔަން ފްރެންޗައިސް އެސޯސިއޭޝަނުން ބޭއްވި މެލޭޝިޔަން ފްރެންޗައިސް އެވޯޑުގައެވެ. މި އެވޯޑު ލިބިފައިވަނީ މެރީ ބްރައުން އާއެކު ކޭމްބްރިޖް އިންގްލިސް ފޯރ ލައިފް އާއި އަޔަމް ޕެންޔެތު ބަގުސް ކުންފުންޏަށެވެ.
ރޭގެ އެ އެވޯޑް ހަފްލާގައި 22 ކެޓަގަރީއަކު 27 ފްރެންޗައިސް އަކަށް އެވޯޑު ދީފައިވެއެވެ.
1981 ގައި މެލޭޝިޔާއިން ފެށި މެރީ ބްރައުން ފްރެންޗައިސް ފުޅާވެ މިހާރު 16 ގައުމެއްގައި 500 އަށްވުރެ ގިނަ އައުޓްލެޓް އަންނަނީ ހިންގަމުންނެވެ. މެރީ ބްރައުން އޮޕަރޭޓްކުރާ ގައުމުތަކުގެ ތެރޭގައި މެލޭޝިޔާގެ އިތުރުން ސްވިޑަން، ޗައިނާ، މިޔަންމާ އަދި ދިވެހިރާއްޖެ ހިމެނެއެވެ.
ރާއްޖޭގައިވެސް މެރީ ބްރައުން އިން އަންނަނީ ދެ އައުޓްލެޓެއް އޮޕަރޭޓް ކުރަމުންނެވެ. އެއީ މާލޭގައި އަދި ހުޅުމާލޭގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް