ޖުމްހޫރީ ދުވަހުގެ ޕްރޭޑް 16 ސްކޫލަކާއި އެކު މާލެ، ހުޅުމާލެ އެކެއް އަދި ދޭއްގައި

09 Nov 2026 | 07:24
ސްކޫލް ތަކުގެ ޕެރޭޑެއް -- ފޮޓޯ: އެމްއެންސީސީ

ސްކޫލް ތަކުގެ ޕެރޭޑެއް -- ފޮޓޯ: އެމްއެންސީސީ

ޖުމްހޫރީ ދުވަހުގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި ސްކޫލް ކުދިންގެ ޕެރޭޑް ތިން ތަނެއްގައި އޮންނާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ކެޑޭޓް ކޯޕްސް (އެމްއެންސީސީ( އިން ބުނެފި އެވެ.

މިފަހަރު ޕެރޭޑުގައި މާލެ، ހުޅުމާލެ އަދި ޥިލިމާލޭގެ 16 ސްކޫލަކުން ބައިވެރިވާނެ އެވެ. ޢެމްއެންސީސީއިން ބުނީ ތިން ގްރޫޕެއްގައި އެ ސްކޫލްތަކުގެ ދަރިވަރުން މާލެ، ހުޅުމާލެ ފޭސް އެކެއް އަދި ދޭއްގައި ޕެރޭޑު ކުރިޔަށް ގެންދާނެ ކަމަށެވެ.

މާލޭގެ ޕެރޭޑުގައި ބައިވެރިވަނީ ދަރުމަވަންތަ ސްކޫލް، ރެހެންދި ސްކޫލް، ޝަހީދު ޢަލީ ސްކޫލް، މަޖީދިއްޔާ ސްކޫލް އަދި ކަލާފާނު ސްކޫލާއި އިމާދުއްދީން ސްކޫލެވެ.

ހުޅުމާލޭ ފޭސް ޢެކެއްގެ ޕެރޭޑުގައި ބައިވެރިވާނީ ޙުރަވީ ސްކޫލް، ސަލާހުއްދީން ސްކޫލް، ހިރިޔާ ސްކޫލް އަދި ތާޖުއްދީން ސްކޫލާއި އިސްކަންދަރު ސްކޫލެވެ.

ހުޅުމާލޭ ފޭސް ދޭއްގެ ޕެރޭޑުގައި ބައިވެރިވަނީ ގާޒީ ސްކޫލް، އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް، މުހިއްދީން ސްކޫލް، ޖަމާލުއްދީން ސްކޫލް އަދި އަމީނިއްޔާ ސްލޫލެވެ.

ޕެރޭޑުގެ ތެރެއިން އެކި ސަރަހައްދުތަކަށް މަޑުކޮށް ހުށަހެޅުންތައް ޙުށަހަޅާނެ ޢެވެ.

އެމްއެންސީސީން ވަނީ ވީހާވެސް ގިނަ ބަޔަކު މަގުތަކަށް ނުކުމެ ދަރިވަރުންނަށް ސަޕޯޓުދީ އެއްބާރުލުން ދިނުމަށް އެދިފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް