ރާއްޖޭ ކަނޑުން އަތުލައިގަތް 300 ކިލޯ މަސްތުވާތަކެތީގެ ވެރީންނަކީ ބްލޫމެންޑަލް ސަންކަ އާއި ޕަރަވި ސުދާ !

ދިވެހި އަސްކަރިއްޔާގެ ޑްރޯންގެ އެހީގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މި މަހުގެ ހަތްވަނަ ދުވަހު އަތުލައިގަތް 300 ކިލޯގެ މަސްތުވާތަކެތިގެ ކޮންސައިންމެންޓަކީ ލަންކާގެ ދެ ޑްރަގްލޯޑުން ކަމުގައިވާ ބްލޫމެން...

09 Nov 2025 | 14:56
ލަންކާގެ މަސްބޯޓެއް -

ލަންކާގެ މަސްބޯޓެއް -

ދިވެހި އަސްކަރިއްޔާގެ ޑްރޯންގެ އެހީގައި ރާއްޖޭގެ

ކަނޑުގެ ސަރަހައްދުން މި މަހުގެ ހަތްވަނަ ދުވަހު އަތުލައިގަތް 300 ކިލޯގެ މަސްތުވާތަކެތިގެ

ކޮންސައިންމެންޓަކީ ލަންކާގެ ދެ ޑްރަގްލޯޑުން ކަމުގައިވާ ބްލޫމެންޑަލް ސަންކަ އާއި

ޕަރަވި ސުދާގެ ކޮންސައިންމެންޓެއް ކަމަށް ބަލަން ފަށައިފިއެވެ.

ލަންކާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި އެ

ޑްރަގަކީ އެ ދެ ޑްރަގްލޯޑުންގެ ޑްރަގް ކަމަށް ލަންކާގެ ސެކިއުރިޓީ ފޯސަސްއިން

ޝައްކު ކުރެއެވެ.

ޑްރަގްގެ ބޮޑު އެ ކޮންސައިންމެންޓަކީ ޕާކިސްތާނުގެ

ޑްރަގް ޓްރެފިކަރަކު އެ ދެ ޑްރަގްލޯޑުންނަށް ފޮނުވި ޑްރަގް ކަމަށްވެސް

ތުހުމަތުކޮށްފައިވެއެވެ.

އެ 300 ކިލޯ ޑްރަގްގެ ތެރޭގައި ހިމެނެނީ ހެރޮއިން

އާއި ކްރިސްޓަލް މެތެވެ. އެ ޑްރަގް ހުރީ ލަންކާގެ މަސްބޯޓެއްގައެވެ. އެ ބޯޓުގެ ހަ

ފަޅުވެރިޔަކު މިހާރު ތިބީ ދިވެހި ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

ލަންކާގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު އާނަންދަ

ވިޖެޕާލަ މިއަދު ބުނެފައިވަނީ ލަންކާގެ އެ ރައްޔިތުން ލަންކާއަށް ގެންދެވޭތޯ ދިވެހި

ސަރުކާރާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް