އިސްރަށްވެރިހިންގެ ފަހުނާމާގައި ސޮއި ކުރުން-ފޮޓޯ: ރައީސް އޮފީސް
އައްޑޫ
ސިޓީ ފޭދޫ "އިސްރަށްވެހިންގެ ހިޔާވަހި" މަޝްރޫޢުގެ މަސައްކަތް ކުރިއަށް
ގެންދިއުމަށް ލިޓަސް އޮޓޯމޮބައިލްސް ޕްރައިވެޓް ލިމިޓެޑާއެކު ފަހުމުނާމާއެއްގައި
ސޮއިކޮށްފިއެވެ.
ރާއްޖޭގައި ތިން ސަރަހައްދެއްގައި އުމުރުން ދުވަސްވީ މީހުންނަށް ފަރުވާދީ، އޯގާތެރިކަމާއެކު
ބަލަހައްޓައިދޭ އޭޖްޑް ސެއަރ ސެންޓަރު ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ
ޑރ މުޙައްމަދު މުއިއްޒު ވެވަޑައިގަންނަވާފައިވާ ވަޢުދުފުޅެކެވެ.
މި
މަރުކަޒުތަކުގެ މައިގަނޑު މަޤުޞަދަކީ ދައުލަތުގެ ބެލުމުގެ ދަށުން ރައްކާތެރިކަން
ފޯރުކޮށްދޭންޖެހޭ އިސްރަށްވެހިންނަށް ބޭނުންވާ ފެންވަރު ރަނގަޅު ޚިދުމަތްތަކާއެކު
އެފަރާތްތަކަށް ޚާއްސަ ކުރެވިގެން އުފާވެރިކަމާއި ހިތްހަމަޖެހުމާއެކު އުމުރުގެ
ދުވަސްތައް ހޭދަކުރެވޭނެ ފަދަ މާޙައުލެއް ޤާއިމުކުރުން ކަމުގައި ސަރުކާރުން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް