އޮކްޓޯބަރު ތިނެއްގައި އެމްޑީޕީއިން ބޭއްވި އެއްވުމުގެ ތެރެއިން - ފައިލް ފޮޓޯ: ދުވަސް
އިދިކޮޅު ޕާޓީ، އެމްޑީޕީއިން މި މަހުގެ 17 ގައި
ބާއްވަން ރޭވި ބޮޑު އެއްވުން ވަކި މުއްދަތެއް ނެތި ފަސްކުރަން ފާސްކޮށްފިއެވެ.
މިގޮތަށް ފާސްކޮށްފައިވަނީ ރޭގައި ބޭއްވި އެ ޕާޓީގެ
ޤައުމީ މަޖިލީހުގައި ވޯޓަކަށް އަހައިގެންނެވެ.
އެ ވޯޓަށް އެހީ އެ އެއްވުން އިންތިޒާމު ކުރުމަށް
އެކުލަވައިލި ނޮވެމްބަރު 17 ކޮމިޓީން ހުށަހެޅި ދެ ހުށަހެޅުމެއްގެ މައްޗަށް
ބިނާކޮށެވެ. އެ ދެ ހުށަހެޅުމަކީ މުއްދަތެއް ނެތި ފަސްކުރުމާއި ދެން އެއްވުން ބާއްވާނެ
ތާރީހަކާއި ތަނެއް އިޢުލާނުކުރާނީ ލީޑަޝިޕުން ކަމުގައި ނިންމުމެވެ.
އެމްޑީޕީއިން ރޭގައި ބުނެފައިވަނީ އެއްވުން
މުއްދަތެއްނެތި ފަސްކުރަން ނިންމީ އެއްވުން ބޭއްވުމަށް އެކި ގޮތްގޮތުން ސަރުކާރުން
ހުރަސް އަޅަމުންދާތީ އާއި މިވަގުތު މަސައްކަތްކުރުން މުހިންމު އިތުރު ގިނަ ކަންތައްތަކެއް
ހުރުމުން ކަމަށެވެ.
އެގޮތުން އެއްވުން ބާއްވާނެ ތަނެއް ސަރުކާރުން
ނުދިން ކަމުގެ ޝަކުވާއާއި އެއްވުން ޕްރޮމޯޓް ކުރުމަށްވެސް ސަރުކާރުން އެކި
ގޮތްގޮތުން ހުރަސް އަޅާކަމުގެ ޝަކުވާ އެމްޑީޕީއިން އުފުލިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް