ހުޅުމާލޭ ނެރު ކައިރީގައި ދެ ލޯންޗެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ދިވެހި ފުލުހުންގެ މެރިން ފުލުހުން ބުނެފައިވަނީ މިރޭ 07:36 ހާއިރު ހުޅުމާލެ ފަޅުތެރެއިން ލޯންޗަކާއި މަސް ލޯންޗެއް ޖެހި އެކްސިޑެންޓް ވުމާއި ގުޅިގެން މެރިން ޕޮލިސް އިން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.
"ދެ މީހަކަށް އަނިޔާވުމާއި ގުޅިގެން ހުޅުމާލެ ހޮސްޕިޓަލަށް ވަނީ ގެންދެވިފައި" މެރިން ފުލުހުން ބުނެފައިވެއެވެ.
މެރިން ފުލުހުން އިތުރަށް ބުނެފައިވަނީ އެ ދެ ލޯންޗުގެ ތެރެއިން މަސް ލޯންޗު ވަނީ އަޑިއަށް ގޮސްފައިކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް