މި ސަރުކާރުގެ ސިޔާސަތަކީ ފަތުރުވެރިކަން ނެތް ރަށްތަކުގައި ލޯކަލް ޓޫރިޒަމް ތަޢާރަފު ކުރުން: ވަޒީރު ފައިސަލް

މިސަރުކާރުގެ ސިޔާސަތަކީ ފަތުރުވެރިކަން ނެތް ރަށްތަކުގައި ލޯކަލް ޓޫރިޒަމްގެ ތެރެއިން ވަކި އަދަދަކަށް އެނދު އުފައްދާ، އެއަތޮޅުތަކަށް ވަންނަ އައިލެންޑް ކޮންސެޕްޓްގެ ތެރެއިން އިވެންސްޓްމަންޓްތައް ގެނައުން...

09 Nov 2024 | 16:19

މިސަރުކާރުގެ ސިޔާސަތަކީ ފަތުރުވެރިކަން ނެތް ރަށްތަކުގައި ލޯކަލް ޓޫރިޒަމްގެ ތެރެއިން ވަކި އަދަދަކަށް އެނދު އުފައްދާ، އެއަތޮޅުތަކަށް ވަންނަ އައިލެންޑް ކޮންސެޕްޓްގެ ތެރެއިން އިވެންސްޓްމަންޓްތައް ގެނައުން ކަމަށް ފަތުރުވެރިކަން ކުރިއެރުވޭނެކަން ފާހަގަކުރެއްވުނުކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ފައިސަލް މިހެން ވިދާޅުވީ 5 ތަރީގެ ޓްރޭނިން ރިސޯޓް ތަރައްޤީ ކުރުމަށް ފަހުމުނާމާގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ދާޅުވީ މިސަރުކާރުގެ ސިޔާސަތަކީ ފަތުރުވެރިކަން ނެތް ރަށްތަކުގައި ލޯކަލް ޓޫރިޒަމްގެ ތެރެއިން ވަކި އަދަދަކަށް އެނދު އުފައްދާ، އެއަތޮޅުތަކަށް ވަންނަ އައިލެންޑް ކޮންސެޕްޓްގެ ތެރެއިން އިވެންސްޓްމަންޓްތައް ގެނައުން ކަމަށް ފަތުރުވެރިކަން ކުރިއެރުވޭނެކަމަށާއި މިއެނދުތައް ތަރައްޤީ ކުރެވެންވާއިރަށް ޓްރޭނިން ރިސޯޓް މެދުވެރިކޮށް ސިނާއަތަށް މީހުން ތަމްރީނު ކުރެވިއްޖެނަމަ އެއީ މިސިނާއަތަށް ސަރުކާރުން ކުރެވޭނެ އެންމެ މުހިންމު އެއްކަންތައް ކަމަށްވެސް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި ކޮންމެ ސަރަހައްދެއްގައިވެސް ޓޫރިޒަމް ކުރިއެރުވޭނެ ކަމަށާއި އެ ރޫހު މި ސަރުކާރުގައި އެބަހުރިކަމަށެވެ.

ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވީ އައްޑޫ ސިޓީގައި ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރިއެރުވުމަކީ އެއްވެސް ސަރުކާރަކަށް މިހާތަނަށް ކުރެވުނު މަސައްކަތެއް ނޫން ކަމަށާއި އެހެންނަމަވެސް އައްޑޫ ސިޓީއާއި ރާއްޖޭގައި ފަތުރުވެރިކަން ނެތް އެހެން ރަށްތަކަށް ކުރެއްވި ދަތުރުތަކުންވެސް ރާއްޖޭގައި ކޮންމެ ސަރަހައްދެއްގައިވެސް ފަތުރުވެރިކަން ކުރިއެރުވޭނެކަން ފާހަގަކުރެއްވުނުކަމަށް ވަޒީރު ވިދާޅުވިއެވެ.

މިއެނދުތައް ތަރައްޤީ ކުރެވެންވާއިރަށް ޓްރޭނިން ރިސޯޓް މެދުވެރިކޮށް ސިނާއަތަށް މީހުން ތަމްރީނު ކުރެވިއްޖެނަމަ އެއީ މިސިނާއަތަށް ސަރުކާރުން ކުރެވޭނެ އެންމެ މުހިންމު އެއްކަންތައް ކަމަށްވެސް ވިދާޅުވިއެވެ.

ވަޒީރު ފައިސަލް ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫއާ ގުޅޭގޮތުންވެސް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން މިމަޝްރޫއާއެކު ރާއްޖެއަށް އިތުރު ފަތުރުވެރިން އައުމުގެ މަގު ފަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް