ސިމާދު މީޑިއާތަކަށް: މުހިއްމު އިންވެސްޓުމެންޓުތަކާ ގުޅޭ ހަބަރުތައް ގެނަައުމުގައި ވިސްނުންތެރިކަން އިސްކުރޭ!

އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް ހުއްޓި އެ ހިދުމަތަށް ބޭނުންކުރާ ދެ ބޯޓު މާލޭ ސަރަހައްދަށް އައުމުން، ބަންކަރިންގެ ޚިދުމަތް ހުއްޓިފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ބުނެފައިވާ ބުނުމަށް ...

09 Nov 2024 | 15:24

އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް ހުއްޓި އެ ހިދުމަތަށް ބޭނުންކުރާ ދެ ބޯޓު މާލޭ ސަރަހައްދަށް އައުމުން، ބަންކަރިންގެ ޚިދުމަތް ހުއްޓިފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ބުނެފައިވާ ބުނުމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓާ ޝިމާދު އިބްރާހިމް ރައްދުދެއްވައިފި އެވެ.

މި ޚަބަރު ފެތުރި މީޑިއާތަކަށް ރައްދުދެއްވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓާ ޝިމާދު އިބްރާހިމް ވިދާޅުވީ ބަންކަރިންގެ ޚިދުމަތްފަދަ މުހިއްމު އިންވެސްޓުމެންޓުތަކާ ގުޅޭ ހަބަރުތައް ގެނަައުމުގައި މީޑިއާތަކުން ވިސްނުންތެރިކަން އިސްކުރުމަށް ވެސް ޝިމާދު ވަނީ ގޮވާލާފަ އެވެ.

ސިމާދު ވިދާޅުވީ ބަަންކަރިން ހިދުމަތަށް ބޭނުންކުރާ އުޅަނދުތަކުގެ ތެރެއިން މެރިން ބެލާ މާލެ ކައިރިއަށް އައީ އޯޑަރަކަށް ތެޔޮ ޑެލިވެރީކޮށްދިނުމަށް ކަމަށެވެ. އަދި މި ހިދުމަތުގައި ދެން ބޭނުންކުރާ މެރިން އެންޖެލްސް ނަމަކަށް ކިޔާ އުޅަނދު މާލެ ސަރަހައްދަށް އައިސްފައި އޮތީ ރޫޓިންކޮށް ކުރަންޖެހޭ މަރާމާތެއް ކުރުމަށް ކަމަށްވެސް ވިދާޅުވި އެވެ.

ޝިމާދު ވިދާޅުވީ މާލެ ސަރަހައްދަށް ރޫޓިން މަރާމާތަކަށް އެ ބޯޓު އަންނަން ޖެހުނީ މިހާތަނަށް އިހަވަަންދިިއްޕޮޅުގައި އެފަދަ މަރާމާތުކުރުމަށް ބޭނުންވާ ވޯކްޝޮޕުތައް ގާއިމުކުރެވިފައި ނެތުމުން ކަމަށެވެ.

ބަންކަރިން ހިދުމަތް ނުހުއްޓި ކުރިއަށްދާ ކަމަށް ސިމާދު ބުންޏެވެ.

ރާއްޖޭގެ އުތުރުގައި ބަންކަރިންގެ ހިދުމަތް ފެށީ މިދިޔަ ސެޕްޓެމްބަރު މަހުގެ 19ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް