ދިރާގުން ހިލޭ 5ޖީ ރައުޓަރެއް ލިބޭ ހާއްސަ ލިމިޓެޑް ޓައިމް އޮފަރގެ މުއްދަތު އެކުންފުނިން އިތުރުކޮށްފިއެވެ.
އެގޮތުން މިހާރު، 31 ޑިސެންބަރު 2024ގެ ކުރިން 5ޖީ ޓަރބޯ 749 ޕްލޭން އަދި އެއަށްވުރެ މަތީގެ ޕްލޭންތަކަށް ސަބްސްކްރައިބްކުރާ ހުރިހާ ކަސްޓަމަރުންނަށް ހިލޭ 5ޖީ ރައުޓަރެއް ލިބޭނެއެވެ.
"އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ކަސްޓަމަރުންނަށް ތަފާތު ހިތްގައިމު އައު އޮފަރތާކެއް ގެނެސްދީ، ފަސޭހަކަމާ އެކު އެފަރާތްތައް ގުޅުވާލަދިނުމަށް. އެގޮތުން ދިރާގު 5ޖީ ޓަރބޯ ވައިފައިއާ އެކު ކަސްޓަމަރުންނަށް ތަފާތު އަގުތަކާއި ޑޭޓާ އެލޮވަންސްތަކުގެ ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ޕްލޭންތައް ޚިޔާރުކުރެވޭނެ. އަދި މިއާ އެކު އެފަރާތްތަކުގެ ހުރިހާ ސްޓްރީމްންގ، ބްރައުސިންގ އަދި ގޭމިންގ ބޭނުންތަކަށް 500 އެމްބީޕީއެސްއާ ހަމައަށް އިންޓަނެޓް ސްޕީޑް ތަޖުރިބާކޮށްލެވޭނެ،" ދިރާގުގެ މެނޭޖަރ އެކުއިޒިޝަންސް އެންޑް ސީ.އެލް.އެމް، ޖަނާ އިބްރާހިމް ވިދާޅުވިއެވެ.
ދިރާގު 5ޖީ ޓަރބޯ ވައިފައި ޕްލޭންތަކާއެކު ކަސްޓަމަރުންނަށް އިތުބާރު ކުރެވޭ، 5ޖީ ސްޕީޑްގެ ހަލުވި އިންޓަނެޓް ކޮންމެ ތަނެއްގައި ހުރެގެންވެސް ބޭނުންކޮށްލެވޭނެއެވެ. އަދި 5ޖީ ޓަރބޯ ޕޯސްޓްޕެއިޑް ޕްލޭންތައް ނަގާ ކަސްޓަމަރުންނަށް ޑޭޓާ ރޯލްއޯވަރއާއެކު ބޭނުން ނުކުރާ ޑޭޓާ އެއް މަސް ދުވަހަށް ކުރިއަށް ގެންދެވޭނެއެވެ. އަދި މީގެ އިތުރުން މި ޕްލޭންތަކާ އެކު ޚާއްސަ 5ޖީ ބޫސްޓަރތަށްވެސް ކަސްޓަމަރުންނަށް ނެގޭނެއެވެ.
މިއޮފަރ އަދި ދިރާގު 5ޖީ ޓަރބޯ ވައިފައިއާ ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށް: https://bit.ly/3rklGxI
ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް