ރަހީނު ކުރި މައްސަލައިގެ ހިމެނޭ 12 މީހުންގެ ވަނަވަރު ހާމަކޮށްފި

ހިޔާ ފްލެޓެއްގައި މީހަކު ރަހީނުކޮށްގެން ގެންގުޅުނު މައްސަލައިގާ ހިމެނޭ 12 މީހެއްގެ ވަނަވަރު ފުލުހުން މިއަދު ހާމަކޮށްފިއެވެ. އެ 12 މީހުންނަކީ ގ. ވާދޫ، ވެހި، އުމުރުން 22 އަހަރުގެ އަލްމާން އަލީ ޚާލިދު ކ....

09 Nov 2024 | 09:44

ހިޔާ ފްލެޓެއްގައި މީހަކު ރަހީނުކޮށްގެން ގެންގުޅުނު މައްސަލައިގާ ހިމެނޭ 12 މީހެއްގެ ވަނަވަރު ފުލުހުން މިއަދު ހާމަކޮށްފިއެވެ.

އެ 12 މީހުންނަކީ

  • ގ. ވާދޫ، ވެހި، އުމުރުން 22 އަހަރުގެ އަލްމާން އަލީ ޚާލިދު
  • ކ. މާލެ، ހަތިކަނޑު، އުމުރުން 18 އަހަރުގެ މުހައްމަދު އިޒްކާން
  • ކ. ގުރައިދޫ، ޒުނައިޓްވިލާ، އުމުރުން 18 އަހަރުގެ އިޛާން އަޙްމަދު، ށ. ފޯކައިދޫ، ދަންމަބަރު، އުމުރުން 36 އަހަރުގެ އަހްމަދު ޒާހިދު
  • ލ. މާވަށް، ޖަމީލާމަންޒިލް، އުމުރުން 48 އަހަރުގެ އާދަމް ހުސެއިން
  • ލ. އިސްދޫ، ހިޔަލީގުލްޝަން، އުމުރުން 34 އަހަރުގެ އިބްރާހިމް ނަޝީދު
  • ބ. ގޮއިދޫ، ނައިޓްސްޓާރ އުމުރުން 22 އަހަރުގެ އަހްމަދު ސަމީހު
  • ކ. މާލެ، ގާމާ، އުމުރުން 29 އަހަރުގެ އިސްމާއިލް ވިސާމް މުހައްމަދު
  • ގދ. ވާދޫ، ޗިޗަންޑާގެ، އުމުރުން 23 އަހަރުގެ ވިޝާމް މުހައްމަދު
  • ކ. މާލެ، ހުޅުމާލެ – ހިޔާ ފްލެޓް ނަމްބަރު 14-17-03، އުމުރުން 30 އަހަގެ ވިސާން މުހައްމަދު
  • ގދ. ވާދޫ ޖަނަވަރީގޭ އުމުރުން 37 އަހަރުގެ މުޝްތާގު ޝާކިރު
  • މ. ކޮޅުފުށި، އާރެސް، އުމުރުން 38 އަހަރުގެ ހަސަން ޢާލިބް
  • ފުލުހުން ބުނެފައިވަނީ މި 12 މީހުންގެ ތެރެއިން ތިން މީހަކު ފަސް ދުވަހަށް އަދި ނުވަ މީހަކު ހަތް ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށެވެ.

މި މީހުންނަކީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ ހިޔާ ފްލެޓެއްގައި މީހަކު ރަހީނުކޮށްގެން އުޅުނު މައްސަލައިގާ ހައްޔަރުކުރި މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް