އަޔާންގެ މަރުގެ މައްސަލަ ހޫނު މައުލޫއަކަށް – ފުލުހުން ބުނަނީ ހަސަން ކުރުސީ ފަތުރަނީ ބުހުތާނު ދޮގު ކަމަށް

އައްޑޫ ސިޓީ ހަންކެޑެއާއި ގައުކެނޑި ގުޅޭ ކޯޒްވޭގައި ދަންޖެހިފައި ހުއްޓާ ފެނުނު ޒުވާނާގެ މަރުގެ މައްސަލަ ހޫނު މައުލޫއަކަށް ވެއްޖެއެވެ. ދަންޖެހި މަރުވެފައި ހުއްޓާ ފެނުނީ އުމުރުން 19 އަހަރުގެ އަހްމަދު އަޔ...

09 Nov 2024 | 09:20

އައްޑޫ ސިޓީ ހަންކެޑެއާއި ގައުކެނޑި ގުޅޭ ކޯޒްވޭގައި ދަންޖެހިފައި ހުއްޓާ ފެނުނު ޒުވާނާގެ މަރުގެ މައްސަލަ ހޫނު މައުލޫއަކަށް ވެއްޖެއެވެ.

ދަންޖެހި މަރުވެފައި ހުއްޓާ ފެނުނީ އުމުރުން 19 އަހަރުގެ އަހްމަދު އަޔާން ފިކުރީއެވެ.

މި މަރާއި ގުޅޭގޮތުން ސްކްރީން ޝޮޓެއް ހިމެނޭހެން ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އެ ސްކްރީންޝޮޓްގައިވާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް އެކުލެވިގެންވާ ވާހަކަތަކެއް ނޫން ކަމަށެވެ.

އެ ސްކްރީންޝޮޓްގައިވަނީ އެކްސްގައި ކާކުކަން ނޭނގޭހެން ހިންގަމުން އަންނަ ހަސަން ކުރުސީ ކޮށްފައިވާ ޕޯސްޓެކެވެ.

އެ ޕޯސްޓްގައި ތުހުމަތުކޮށްފައިވަނީ އަޔާން އަމިއްލައަށް މަރުވީ ނޫން ކަމަށާއި އައްޑޫ ސިޓީއަށް ނިސްބަތްވާ ގޭންގަކުން އަޔާން މަރާލީ ކަމަށެވެ. އަދި އަޔާން އަކީ 2020 ވަނަ އަހަރު އައްޑޫ ސިޓީގައި ހިންގި މާރާމާރީއަކާއި ގުޅިގެން ސިއްރު ހެއްކެއްގެ ގޮތުގައި ހެކިބަސްދިން ފަރާތެއް ކަމުގައިވެސް އެ ޕޯސްޓްގައި ބުނެފައިވެއެވެ.

އެކަންކަން ދޮގުކޮށް ފުލުހުން އިތުރަށް ބުނެފައިވަނީ މަރުވި ކުއްޖާއަކީ އެއްވެސް މައްސަލައެއްގައި ހެއްކެއްގެ ގޮތުގައި ގެންދިޔަ ފަރާތެއް ނޫން ކަމަށާއި އަދި ތުހުމަތު ކުރެވޭ މައްސަލައެއްވެސް އޮތް ފަރާތެއް ނޫން ކަމަށެވެ.

މަރުވެފައިވާ މީހަކާ ގުޅޭގޮތުން އެއްވެސް ހަގީގަތެއް ނެތް ދޮގު މައުލޫމާތު ފެތުރުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

އެ ޒުވާނާ ދަންޖެހިފައި ހުއްޓާ ފެނުނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް