އާބަން ސެންޓަރުތަކުގެ ގޮތުގައި ރައީސް ކަނޑައެޅުއްވި ހަތް ރަށް އިއުލާނުކޮށްފި

މި ސަރުކާރުން އާބަން ސެންޓަރުތަކުގެ ގޮތުގައި ތަރައްގީ ކުރަން ނިންމާފައިވާ ހަތް ރަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާބެހޭ ވުޒާރާއިން އިއުލާނުކޮށްފިއެވެ. މިއަދު އެ ވުޒާރާއިން ނެރެފައިވާ ނޫސްބ...

09 Nov 2024 | 07:28

މި ސަރުކާރުން އާބަން ސެންޓަރުތަކުގެ ގޮތުގައި ތަރައްގީ ކުރަން ނިންމާފައިވާ ހަތް ރަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާބެހޭ ވުޒާރާއިން އިއުލާނުކޮށްފިއެވެ.

މިއަދު އެ ވުޒާރާއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތުގެ މަތިން އާރބަން ސެންޓަރު ގާއިމްކުރާނެ 7 ރަށެއް ކަނޑައަޅުއްވާފައިވާކަމަށެވެ.

އެ ރަށްތަކަކީ

  • ރ. އުނގޫފާރު
  • ބ. އޭދަފުށި
  • ޅ. ނައިފަރު
  • އދ. މަހިބަދޫ
  • ފ. ނިލަންދޫ
  • ދ. ކުޑަހުވަދޫ
  • ލ. ފޮނަދޫ

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ އެންމެ އުތުރުގެ 4 އަތޮޅަކީ ޑިވެލޮޕްމަންޓު ޒޯނެއްގެ ގޮތުގައި އަދި އެންމެ ދެކުނުގެ 4 އަތޮޅުވެސް ޑިވެލޮޕްމަންޓް ޒޯނެއްގެ ގޮތުގައި ތަރައްޤީކުރެވިގެންދާނެ ކަމަށާއި އަދި މާލެސިޓީ ނުހިމަނާ އިތުރު 7 އާބަން ސެންޓަރެއް އެންމެ މަތީ ފެންވަރުގެ ޚިދުމަތްތަކާއެކު ތަރައްޤީ ކުރައްވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް