ކްރެޑިޓް އިންފޮމޭޝަނަށް އެދޭއިރު ދެން ބޭނުންކުރާނީ އީފާސް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަމިއްލަ ފަރުދުންނަށާއި ކުންފުނިތަކަށް ދޫކުރާ ކްރެޑިޓް އިންފޮމޭޝަން ރިޕޯޓް ހޯއްދެވުމަށް ހުށަހަޅުއްވާގޮތަށް މިއަދުން ފެށިގެން ބަދަލުތަކެއް ގެނެސްފިއެވެ. އ...

09 Nov 2023 | 17:52

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަމިއްލަ ފަރުދުންނަށާއި ކުންފުނިތަކަށް ދޫކުރާ ކްރެޑިޓް އިންފޮމޭޝަން ރިޕޯޓް ހޯއްދެވުމަށް ހުށަހަޅުއްވާގޮތަށް މިއަދުން ފެށިގެން ބަދަލުތަކެއް ގެނެސްފިއެވެ.

އެގޮތުން އެމްއެމްއޭއިން މިއަދު ބުނެފައިވަނީ ކްރެޑިޓް ރިޕޯޓަށް އެދިލައްވާ ފަރާތްތަކުގެ ރިކުއެސްޓްތައް ދެން ބަލައިގަންނާނީ ކްރެޑިޓް ބިއުރޯގެ ވެބްސައިޓް (www.cib.gov.mv) އިން އީފާސް މެދުވެރިކޮށް އަދި އީފާސް ވެރިފައިޑް އެކައުންޓްތަކުން ކަމަށެވެ.

"މިގޮތަށް ހަމެޖެހުމާއި ގުޅިގެން ރިޕޯޓަށް އެދި ހުށަހަޅުއްވާ ފަރާތުގެ އޮންލައިން ވީޑިއޯ ވެރިފިކޭޝަން ހެދުން 10 ނޮވެމްބަރު 2023 އިން ފެށިގެން ހުއްޓާލާނެ" އެމްއެމްއޭއިން ބުނެފައިވެއެވެ.

އެމްއެމްއޭއިން އިތުރަށް ބުނެފައިވަނީ ރިޕޯޓަށް އެދިލައްވާތާ މަސައްކަތު ތިން ދުވަހުގެ ތެރޭގައި ރިޕޯޓް ލިބިލައްވާނެ ކަމަށެވެ. އަދި ކަސްޓަމަރުންގެ ރައްކާތެރިކަމަށްޓަކައި އީފާސްގެ ލޮގިން މައުލޫމާތު އެއްވެސް ފަރާތަކާއި ހިއްސާ ނުކުރެއްވުމަށް އެމްއެމްއޭއިން އިލްތިމާސްކުރަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް