ތުއްތު ކުދިންނަށް ދޭ ޕެރެސެޓަމޯލްގެ ވައްތަރެއް ބޭނުންކުރުން މަނާކޮށްފި

ތުއްތުކުދިންނަށް ދޭ ޕެރެސެޓަމޯލް ބޭހުގެ ވައްތަރެއް ވިއްކުމާއި ބޭނުންކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފިއެވެ. އެގޮތުން މަނާކޮށްފައިވަނީ ބައިނަލްއަގްވާމީ ފާމަސޫޓ...

09 Nov 2023 | 10:38

ތުއްތުކުދިންނަށް ދޭ ޕެރެސެޓަމޯލް ބޭހުގެ ވައްތަރެއް ވިއްކުމާއި ބޭނުންކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފިއެވެ.

އެގޮތުން މަނާކޮށްފައިވަނީ ބައިނަލްއަގްވާމީ ފާމަސޫޓިކަލް ކުންފުނި ގްލެކްސޯސްމިތުކްލައިން (ޖީއެސްކޭ)ގެ އިންޑިއާގެ ބްރާންޗުން އުފައްދާ ރާއްޖެ އެތެރެކޮށްފައިވާ ބޭހެއް ކަމުގައިވާ ކަލްޕޯލް މަރުކާގެ ޕެރެސެޓަމޯލް 100 މިލިގްރާމް ތިކި ބޭހެވެ.

އެމްއެފްޑީއޭއިން މިއަދު ނެރެފައިވާ އެލާޓެއްގައި ބުނެފައިވަނީ އެ ބޭހުގެ ކުލަ ބަދަލުވުމާއި ގަނޑުވެފައި ހުރުން ކަހަލަ ބޭހުގެ ކޮލިޓީއާއި ގުޅުންހުރި މައްސަލަތަކެއް ފާހަގަކުރެވިފައިވާކަމަށެވެ.

"މި އޮތޯރިޓީން ބަލަންޖެހޭ ކަންކަން އިތުރަށް ބަލަމުންދާތީ، މި ޕްރޮޑަކްޓް ރއްޖެ އެތެރެކުރުމާއި، ވިއްކުމާއި އަދި ބޭނުންކުރުން، މިހާރު ވަނީ މަނާކުރެވިފައި ކަމުގައި ދަންނަވަމެވެ" އެމްއެފްޑީއޭއިން ބުނެފައިވެއެވެ.

މި ބޭހަކީ ތުއްތު ކުދިންނަށް ހުން އައުމުން ދޭ ބޭހެކެވެ. މިއީ ބޭސް ސިޓީއަށް ބޭސް ފިހާރަތަކުން ލިބެން ހުންނަ ބޭހެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް