ޣައްޒާއަށް ވަދެގަންނަން އުޅުމުގެ ތެރޭގައި މަރުވި ޔަހޫދީ ސިފައިންގެ އަދަދު 34 އަށް

ޣައްޒާއަށް ވަދެގަންނަން އިސްރާއީލް ސިފައިން ކުރަމުން އަންނަ މަސައްކަތްތަކުގައި ހަމާސް އަދި ހަމާސް އަށް ވާގިވެރިވާ ހަނގުރާމަވެރިންނާއި ކުރިމަތިލުންތަކުގައި އިސްރާއީލް ސިފައިންގެ އިތުރު މީހަކު މިއަދު މަ...

09 Nov 2023 | 05:32

ޣައްޒާއަށް ވަދެގަންނަން އިސްރާއީލް ސިފައިން ކުރަމުން އަންނަ މަސައްކަތްތަކުގައި ހަމާސް އަދި ހަމާސް އަށް ވާގިވެރިވާ ހަނގުރާމަވެރިންނާއި ކުރިމަތިލުންތަކުގައި އިސްރާއީލް ސިފައިންގެ އިތުރު މީހަކު މިއަދު މަރުވެއްޖެއެވެ.

އިސްރާއީލުން މިއަދު ބުނެފައިވާގޮތުގައި ކުރިމަތިލުންތަކުގައި މިއަދު މަރުވެފައިވަނީ އުމުރުން 29 އަހަރުގެ މާސްޓަރ ޖާސެންޓެކެވެ. އޭނާ މަރުވެފައިވަނީ ޣައްޒާގެ މެދުތެރެއިން ވަދެގަންނަން ކުރި މަސައްކަތުގައި ހިނގި ކުރިމަތިލުންތަކެއްގައި ކަމަށް އިސްރާއީލުން ބުނެފައިވެއެވެ.

ހަމަ އެ ކުރިމަތިލުންތަކުގައި އިސްރާއީލު ސިފައިންގެ ދެމީހަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަމަށްވެސް އިސްރާއީލުން ބުނެފައިވެއެވެ.

އިސްރާއީލުން މިއަދު ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ޣައްޒާއަށް ވަދެގަންނަން ކުރާ މަސައްކަތުގައި މިހާތަނަށް ސިފައިންގެ 34 މީހަކު ވަނީ މަރުވެފައެވެ. ހަތެއް އޮކްޓޯބަރަށްފަހު މިހާތަނަށް މަރުވި އިސްރާއީލު ސިފައިންގެ އަދަދު މިއާއެކު މިވަނީ 352 އަށް އަރާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް