ނޭޝަނަލް ކޮންގްރެސްގައި ޗައިނާގެ ރައީސް ޝީ ޖިންޕިން ދެއްކެވި ވާހަކަފުޅުން އެގައުމުގެ ހަކަތަ އުފެއްދުމުގެ މިކްސްގެ ފޯކަލް ޕޮއިންޓެއްގެ ގޮތުގައި ކޯލް ބޭނުންކުރުން މަދުކުރެވޭނެ ކަމުގެ ޔަގީންކަން ލިބޭ ކަމަށް ފެނުނު ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައުން ކަންބޮޑުވަނީ އެ ގައުމުގެ ހަކަތައިގެ ސްޓްރެޓެޖީއަށް ލީޑަރު އިޝާރާތް ކުރައްވާތީ އެވެ.
20 ވަނަ ނޭޝަނަލް ކޮންގްރެސް ފެށުމުގެ ގޮތުން ޝީ ވިދާޅުވީ ސާފު، ލޯ ކާބަން އަދި ހައި އެފިޝަންސީ ހަކަތަ ބޭނުންކުރުމަށް ޕްރޮމޯޓްކޮށް އިންޑަސްޓްރީ، ކޮންސްޓްރަކްޝަން، ޓްރާންސްޕޯޓް އަދި އެހެނިހެން ދާއިރާތަކުން ސާފު އަދި ލޯ ކާބަން ޓްރާންސިޝަން ހަލުވި ވެގެންދާނެ ކަމަށެވެ. ޕެޓްރޯލިއަމް ހޯދުމަށާއި އުފެއްދުމަށް އިތުރު މަސައްކަތްތަކެއް ކުރާނެ ކަމަށާއި، ކޯލް ބޭނުންކުރާނީ ސާފު ކޮށް އަދި ހަރުދަނާ ގޮތެއްގައި ކަމަށެވެ
ޝީ ވަނީ އެގައުމުގެ ހަކަތައިގެ ސިޔާސަތުތަކަށް ގިނަ ހުށަހެޅުންތަކެއް ދެއްވާފަ އެވެ. މީގެ އިތުރުން، ކުރީގެ ކާބަންތައް ނައްތާލުމުގެ ކުރިން އާ ތަކެތި ބިނާކުރުމުގެ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން، ރޭވިގެން އަދި ތަރުތީބުން ޕީކް ކާބަން އެމިޝަން ހާސިލްކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހޮންގްކޮންގް ޕޯސްޓުން ބުނި ގޮތުގައި އދ.ގެ ތެރޭގައި ޗައިނާގެ ބާރުގެ ސަބަބުން ހަގީގަތުގައި ވެސް މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މައްސަލަތަކުގައި ޗައިނާ އަކީ "ދުނިޔޭގެ ހިންގުމުގައި ބައިވެރިވާ" ގައުމެކެވެ.
މީގެ އިތުރުން ޝީ ވަނީ ހަކަތަ ބޭނުންކުރާ މިންވަރާއި އިންޓެންސިޓީ، ހާއްސަކޮށް ފޮސިލް ފިއުލް ބޭނުންކުރާ މިންވަރު ރަނގަޅަށް ކޮންޓްރޯލްކޮށް، ކާބަން އެމިޝަންގެ މިންވަރާއި އިންޓެންސިޓީ ކޮންޓްރޯލް ކުރުމަށް މަޑުމަޑުން ބަދަލުވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. އަދި އާރ އެންޑް ޑީ ހަލުވިކޮށް، އެޑްވާންސް އެނަރޖީ ސޭވިންގ އަދި ކާބަން އެމިޝަން ރިޑަކްޝަން ޓެކްނޮލޮޖީތައް ޕްރޮމޯޓްކޮށް އެޕްލިކޭޝަން ކުރުމާއި، ފެހި ބޭނުންކުރުމަށް ބާރުއެޅުމާއި، ގްރީން ލޯ-ކާބަން އުފެއްދުމާއި ދިރިއުޅުމުގެ ގޮތްތައް ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް