ނަޝީދު ވަކި ކުރަން ކުރާ މަސައްކަތުގެ އަޑީގައި އޮތީ ސަރުކާރު: ހަސަން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކި ކުރަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުގެ އަޑީގައި އޮތީ ސަރުކާރު ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރ...

09 Nov 2022 | 17:16

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކި ކުރަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުގެ އަޑީގައި އޮތީ ސަރުކާރު ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވެފައިވަނީ ގާނޫނީ ވަކީލު އަހުމަދު ތޯލިބު އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމުން ކުރެއްވި ޓުވީޓެއްގައި އެވެ. އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ކަންވެސް ކުރައްވާފައިވާ ހަސަން އަކީ ދެ ފަޅިވެފައިވާ އެމްޑީޕީގައި ނަޝީދަށް ތާއީދު ކުރައްވާ މެމްބަރެކެވެ.

ހަސަން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނަޝިދު ވަކި ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅީ މަޖިލީހުގެ ތެރެއިން އެކަން ނުވުމުން ކަމަށެވެ. އޭނާ ވިދާޅުވީ މަޖިލީހުގެ ތެރެއިން އެކަން ކާމިޔާބު ނުވީ މައްސަލަ ހުށަހެޅޭ ވަރަށް މެމްބަރުންގެ ސޮއި ނުލިބިގެން ކަމަށެވެ.

އިތުރަށް ވިދާޅުވީ މި ކަމުގައި ގާނޫނީ އަސާސެއް ނެތް ކަމަށެވެ. އެކަމަކު މައްސަލަ ހުށަހެޅުމުގެ އަޑީގައި އޮތީ ސަރުކާރުކަން އެނގޭ ކަމަށެވެ.

https://twitter.com/HassanLatheef/status/1590306817560965122

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް