ރާއްޖެއާ މާ ދުރު ނޫން ހިސާބެއްގައި މިވަނީ ލޯ ޕްރެޝަރެއް އުފެދިފައި

ރާއްޖޭގެ މޫސުން ކުއްލިއަކަށް ގޯސްވެފައިވާއިރު، ރާއްޖެއާއި މާ ދުރުނޫން ހިސާބެއްގައި ލޯ ޕްރެޝަރެއް އުފެދިފައިވާކަން ފާހަގަކޮށްފިއެވެ. އެގޮތުން އިންޑިއާގައި ގާއިމްކޮށްފައިވާ ސަރަހައްދީ މޫސުމާއިބެހޭ އިދާރ...

09 Nov 2022 | 17:06

ރާއްޖޭގެ މޫސުން ކުއްލިއަކަށް ގޯސްވެފައިވާއިރު، ރާއްޖެއާއި މާ ދުރުނޫން ހިސާބެއްގައި ލޯ ޕްރެޝަރެއް އުފެދިފައިވާކަން ފާހަގަކޮށްފިއެވެ.

އެގޮތުން އިންޑިއާގައި ގާއިމްކޮށްފައިވާ ސަރަހައްދީ މޫސުމާއިބެހޭ އިދާރާއިން ބުނެފައިވަނީ ބަންގާޅު ކަނޑާއި އިކުއެޓޯރިއަލް އިންޑިއަން އޯސަން (އީއައިއޯ) ގުޅޭ ހިސާބުގައި ފާހަގަކުރެވިފައިވާ ސައިކްލޯނިކް ސާކިއުލޭޝަންގެ އިންފްލުއެންސްގައި އެ ސަރަހައްދުގައި ލޯ ޕްރެޝަރެއް އުފެދިފައިވާކަމަށެވެ. އަދި މި ލޯ ޕްރެޝަރު އުފެދިފައިވަނީ ކަނޑުގެ ލެވެލަށްވުރެ 7.6 ކިލޯ މީޓަރުމަތީގައި ކަމަށާއި މި ލޯ ޕްރެޝަރު، ވެލް މާކްޑް ލޯ ޕްރެޝަރަކަށް ބަދަލުވާނެކަމުގައި އަންދާޒާ ކުރެވޭކަމަށެވެ. އަދި ދަތުރުކުރަމުންދަނީ ހުޅަނގުދެކުނަށް ކަމުން 12 ނޮވެމްބަރު ހިސާބުގައި އިންޑިއާގެ ތަމިލްނާޑޫ، ޕުޑުޗެރީ ކޯސްޓާއި ހަމައަށް ފޯރާނެކަމުގައި ބުނެފައިވެއެވެ.

މި ސަރަހައްދުގައި ލޯ ޕްރެޝަރެއް އުފެދިފައިވާއިރު މިއަދު ރާއްޖެއަށް މިދަނީ ވިއްސާރަކުރަމުންނެވެ. މާލެ ސަރަހައްދަށްވެސް މިއަދު ހަވީރާއި މިރޭ ބޯކޮށް ވާރޭވެހުނެވެ. މޫސުމާއިބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިންވެސް ނިމުތުކޮށްފައިވަނީ މިރޭ މޫސުން ގޯސްވާނެކަމަށެވެ. ބޯކޮށް ވާރޭވެހި ބާރަށް ގުގުރާނެކަމަށް ލަފާކޮށް ރީނދޫ އަދި ހުދު ސަމާލުވެސް ނެރެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް