ޗާގޯސް އާކިޕެލާގޯ މައްސަލައިގާ ރާއްޖެއާ މަޝްވަރާކުރުމަށް އިނގިރޭސިވިލާތަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
ރައީސް ނަޝީދު މިކަމަށް ގޮވާލެއްވީ އެމަނިކުފާނުގެ އޮފީހުން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ ޗާގޯސް އާކިޕެލާގޯ ސަރަހައްދާއި ރާއްޖެ ސަރަހައްދަކީ ދެމެހެއްޓެނިވިގޮތެއްގައި މަސްވެރިކަން ކުރެވޭގޮތަށް ހިމާޔަތާއި ރައްކާތެރިކަމުގެ ސްޓޭޓަސް ދެވިފައިވާ ހަމައެކަނި ސަރަހައްދުކަމަށާއި އެ ސްޓޭޓަސް ދެމެހެއްޓުމަށްޓަކައި އިނގިރޭސިވިލާތުން ރާއްޖެއާއެކު މަޝްވަރާތައް ކުރުން ކޮންމެހެން މުހިންމުކަމުގައި ރައީސް ނަޝީދުގެ ނޫސްބަޔާނުގައި ވިދާޅުވެފައިވެއެވެ.
ނަޝީދުގެ އެ ނޫސްބަޔާނުގައި ބުނެފައިވާގޮތުގައި ބައެއް ގައުމުތަކުން ފެކްޓަރީތަކަށް ދެމެހެއްޓެނިވި ނޫން ގޮތްގޮތަށް މަސްވެރިކަން ކުރުމުގެ ހުއްދަ ދޭތީ އެއީ އިންތިހާއަށް އެމަނިކުފާނު ކަންބޮޑުވެވަޑައިގަންނަވާ ކަމެކެވެ. ނަޝީދުގެ މި ނޫސްބަޔާން ނެރުއްވާފައިވަނީ 58 ވަނަ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ފައުންޑިން ރައީސްގެވެސް ހައިސިއްޔަތުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް