ފިލްމީ ތަރި، ޓިކްޓޮކް ތަރި އަދި ނެށުންތެރިޔާ މަރިޔަމް ޝިފާ އެއް ޖިންސުން ގުޅުން ހިންގިކަމަށްބުނާ ވީޑިއޯތަކުގެ މައްސަލަ ފައިލްކޮށްފިއެވެ.
ދުވަހަށް މައުލޫމާތުދެމުން ފުލުހުން މިއަދު ބުނީ އެ މައްސަލަ ތަހުގީގު ނިންމައި، ޕީޖީގެ މަޝްވަރާއަށް ފޮނުވުމުން، މައްސަލާގައި ޖިނާއީ ދައުވާއެއް ކުރެވޭވަރަށް ހެކި ނެތްކަމަށް ޕީޖީއިން ނިންމުމުން އެ މައްސަލަ ފައިލްކޮށްފައިވާކަމަށެވެ.
ޝިފާ އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަކަމަށްބުނާ ވީޑިއޯތަކެއް މީގެ ފަސް މަސް ކުރިން ސޯޝަލް މީޑިއާއަށް ފެންމަތިވިއެވެ. އެ މައްސަލަ އޭރު ފުލުހުން ބަލަން ފަށައި، ޝިފާގެ ޕާސްޕޯޓުވެސް ހިފެހެއްޓިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް