ކައިވެނި ކުރުމުގެ ކުރިން ސާނިޔާއާއި ޝާހިދު ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމުގެ އަޑުތަކެއް ފެތުރެނީ

އިންޑިއާގައި މިހާރު އެންމެ ގަދަޔަށް ފެތުރެމުން އަންނަ އެއް ވާހަކައަކީ މަޝްހޫރު ޓެނިސް ކުލުންތެރިޔާ ސާނިޔާ މިރްޒާއާއި އޭނާގެ ފިރިމީހާ ޝުއައިބް މަލިކުގެ ކައިވެނި ރޫޅުނު ވާހަކައެވެ. ޕާކިސްތާނުގެ ޤައުމީ ކ...

09 Nov 2022 | 11:12

އިންޑިއާގައި މިހާރު އެންމެ ގަދަޔަށް ފެތުރެމުން އަންނަ އެއް ވާހަކައަކީ މަޝްހޫރު ޓެނިސް ކުލުންތެރިޔާ ސާނިޔާ މިރްޒާއާއި އޭނާގެ ފިރިމީހާ ޝުއައިބް މަލިކުގެ ކައިވެނި ރޫޅުނު ވާހަކައެވެ.

ޕާކިސްތާނުގެ ޤައުމީ ކްރިކެޓު ޓީމުގެ ކުރީގެ ކެޕްޓަނާއި ސާޏިޔާ ކައިވެނި ކުރީ 2010 ވަނަ އަހަރުގައެވެ. ކައިވެންޏަށް މިހާރު 12 އަހަރު ފުރިފައިވާއިރު، އެދެމީހުންނަށް ފިރިހެން ދަރިއަކު ވެސް ލިބިފައިވެއެވެ.

ބޭރުގެ ރިޕޯޓުތަކުން ބުނާ ގޮތުގައި ސާނިޔާއާއި ޝުއައިބްގެ ކައިވެނި ރޫޅެން މެދުވެރިވީ، ޝުއައިބްގެ ޝޯގައި ބައިވެރިވީ އެހެން އަންހެނަކާއެކު އޭނާ ކައިވެނިން ބޭރުން ގުޅުން ހިންގިކަން ސާނިޔާއަށް ފަޅާއެރުމުންނެވެ. ނަމަވެސް ކައިވެނި ރޫޅެން މެދުވެރިވި ސަބަބާ ބެހޭގޮތުން ސާނިޔާ އަދި ޝުއައިބު ވެސް އަދި ވާހަކަ ދައްކާފައެއް ނުވެއެވެ.

މިވާހަކަތަކާއެކު މިހާރު ތިލަވެފައިވާ އެއް ވާހަކައަކީ، ޝުއައިބުއާ ކައިވެނި ކުރުމުގެ ކުރިން ސާނިޔާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު މީހުންނާ ބެހޭގޮތުންނެވެ. އެގޮތުން އެ ލިސްޓުގެ އެންމެ ކުރީގައި ފާހަގަ ކޮށްލެވެނީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހިދު ކަޕޫރާ ސާނިޔާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމުގެ ވާހަކައެވެ.

ރިޕޯޓުތަކުން ބުނާ ގޮތުގައި ޝާހިދު ކަޕޫރުގެ ފިލްމު "ކަމީނޭ" ގެ ޝޫޓިންގް ކުރިއަށް ދަނިކޮށް ސާނިޔާ ވަރަށް ގިނައިން ސެޓު ތެރެއިން ވެސް ފެނިފައިވެއެވެ. އަދި އެދެމީހުން އެކުގައި ހޮޓަލެއްގެ ތެރެއިން ވެސް ބައެއް މީހުންނަށް ކުރިން ފެނިފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

އެއަޑުތަކާ ބެހޭގޮތުން ކަރަން ޖޯހަރްގެ "ކޮފީ ވިތު ކަރަން" ޝޯގައި ސާނިޔާ އާއި ސުވާލު ކުރުމުން، އޭނާ ބުނެފައިވަނީ އެއީ ވަރަށް ކުރީގެ ވާހަކަތަކެއް ކަމުން މިހާރު އޭނާ އެކަން ހަނދާނެއް ނެތް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް