އޮޕްޓާގެ ވިން ޕްރިޑިކްޓަރ މޮޑެލް ބުނަނީ ވޯލްޑް ކަޕްގެ ތަށި ނެގުން ގާތީ ބްރެޒިލް ކަމަށް

ކުޅިވަރުގެ ތަފާސް ހިސާބުތައް ބަލަހައްޓައި، އެނަލައިޒް ކުރުމަށް ދުނިޔޭގައި އެންމެ މަޝްހޫރު އަދި އެންމެ އިތުބާރު ހިފޭ އޮޕްޓާ ގެ "އޮޕްޓާ ވިން ޕްރިޑިކްޓަރ މޮޑެލް" އިން ވޯލްޑް ކަޕް ގެ ތަށި ހޯދުން އެންމެ ގާ...

09 Nov 2022 | 10:10

ކުޅިވަރުގެ ތަފާސް ހިސާބުތައް ބަލަހައްޓައި، އެނަލައިޒް ކުރުމަށް ދުނިޔޭގައި އެންމެ މަޝްހޫރު އަދި އެންމެ އިތުބާރު ހިފޭ އޮޕްޓާ ގެ "އޮޕްޓާ ވިން ޕްރިޑިކްޓަރ މޮޑެލް" އިން ވޯލްޑް ކަޕް ގެ ތަށި ހޯދުން އެންމެ ގާތް ގައުމަކީ ބްރެޒިލް ކަމަށް ދައްކައިފިއެވެ.

އޮޕްޓާގެ ޕްރިޑިކްޓަރ މޮޑެލްއަކީ، ކުޅޭ ދެ ޓީމުގެ ފާއިތުވި ތަނުގެ ނަތީޖާތަކާއި، މިހާރުގެ ފޯމާއި، ރޭންކިންގ ފަދަ ތަފާތު މުހިންމު ޑޭޓާތައް ބޭނުންކޮށްގެން އެކަމަށް ޚާއްސަކޮށްފައިވާ ސްޕަރ-ކޮމްޕިއުޓަރަކުން ނަތީޖާ ނެރޭ މޮޑެލްއެކެވެ. އީއޭ ސްޕޯޓްސްއިން އެ މީހުންގެ ފީފާ ގޭމްއިން ހަމައެކަނި މެޗުތައް ސިމިއުލޭޓްކޮށްގެން ނެރޭހެން ނެރޭ ނަތީޖާއެއް ނޫނެވެ.

މި އަހަރުގެ އޮކްޓޯބަރ މަހުގެ 26 ގެ ނިޔަލަށް ލިބެންހުރި ޑޭޓާތަކުން އޮޕްޓާ ވިން ޕްރެޑިކްޓަރ މޮޑެލް ބޭނުންކޮށްގެން ވޯލްޑް ކަޕަށް ނެރެފައިވާ ޕްރިޑިކްޝަންއިން ދައްކާގޮތުން، ބްރެޒިލް ސެމީ ފައިނަލްގައި ކުޅުމުގެ 41.4 އިންސައްތަ ފުރުސަތު އޮތްއިރު، ފައިނަލަށް ދިއުމުގެ 26.7 އަދި ތަށި ނެގުމުގެ 16.7 އިންސައްތަ ފުރުސަތު އެބައޮތެވެ. އޮޕްޓާގެ ދި އެނެލިސްޓް ވެބްސައިޓްގައި ޝާއިޢުކޮށްފައިވާ ރިޕޯޓުން ދައްކާގޮތުން ވޯލްޑް ކަޕްގެ ތަށި ނެގުމުގެ ފުރުސަތު ދެން އެންމެ ބޮޑީ ފްރާންސަށެވެ. އެއީ 12.6 އިންސައްތައެވެ. 3 ވަނައިގައި އޮތް އާޖެންޓީނާގެ އިންސައްތައަކީ 10.4 އެވެ.

ތިރީގައި އެވަނީ ވޯލްޑް ކަޕްގެ ތަށި ނެގުމުގެ ފުރުސަތު އެންމެ ބޮޑު 5 ގައުމަށް، އޮޕްޓާ ވިން ޕްރިޑިކްޓަރ މޮޑެލް އިން ދީފައިވާ ނަތީޖާތަކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް