ކޮޕް27ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ސްރީ ލަންކާގެ ވަފުދު ތަމްސީލުކުރައްވަމުންގެންދަވާއިރު ނަޝީދުގެ ދަތުރުފުޅަށް ލަންކާއިން ހަރަދު ނުކުރާކަމުގައި އެ ގައުމުން ބުނެފިއެވެ.
އެ ގައުމުން މިހެން ބުނެފައިވަނީ ނަޝީދުގެ އެ ދަތުރުފުޅަށް ހަރަދުކުރަނީ ލަންކާއިން ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފައިވާއިރު އެ ވާހަކަ ދިވެހި މީޑިއާގައި ރިޕޯޓް ކުރުމުން އެކަން ދޮގުކުރައްވައި، ލަންކާގެ ރައީސް ރަނިލްގެ ޑިރެކްޓަރ އޮފް އިންޓަނޭޝަނަލް އެފެއާޒް ދިނޫކް ކޮލޮމްބަގެ ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި އޭނާ ވިދާޅުވެފައިވަނީ ބައެއް އޮންލައިން ރިޕޯޓްތަކުގައި އެގޮތަށް ރިޕޯޓްކޮށްފައިވީނަމަވެސް ނަޝީދު ކޮޕް27ގައި ބައިވެރިވުމަށް ލަންކާއިން ފަންޑުކޮށްފައިނުވާނެކަމަށެވެ.
https://twitter.com/Dinouk_C/status/1590042979863232512?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1590042979863232512%7Ctwgr%5Eb7a87d503088c6d9b38ec52be1c327bccfeb7585%7Ctwcon%5Es1_&ref_url=https%3A%2F%2Ftwitframe.com%2Fshow%3Furl%3Dhttps%3A%2F%2Ftwitter.com%2FDinouk_C%2Fstatus%2F1590042979863232512%3Ft%3DiS74_68D1rCUk2sw1TIufAs%3D19
ނަމަވެސް، ރައީސް ނަޝީދަކީ ތިމާވެއްޓާއިބެހޭ ދާއިރާގައި، ރައީސް ރަނިލް ވިކްރަމަސިންހަގެ އެޑްވައިޒަރެއްކަމުގައި ބުނެފައެވެ.
ރައީސް ނަޝީދު ކޮޕްގައި ސްރީ ލަންކާ ތަމްސީލުކުރައްވާތީ އެކަމަށް ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ. އެ ފާޑުކިޔުންތައް އަމާޒުވަމުންދަނިކޮށް މަޖިލީހުން ބުނެފައިވަނީ ރައީސް ނަޝީދުގެ އެ ދަތުރުފުޅަށް ހަރަދުކުރަނީ ލަންކާއިން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް