ދިވެހިންގެ ދުލުކުރިއަށް މި ޅެން، ހިތަށް އެ ރާގު އަނެއްކާވެސް މިވަނީ އައިސްފައެވެ. އަނެއްކާވެސް މި ލަވައިގެ އަޑު ގަދަވެގެންމިދަނީ މި ލަވައިގާ ފެނިގެންދާ ވަރުގަދަ ދިވެހި ދެ ފަންނާނުންގެ ސަބަބުންނެވެ. އާދެ، މޫސާ މަނިކު (ރީކޯ މޫސަ) އަދި މަރިޔަމް ނިޝާގެ ސަބަބުންނެވެ.
ސިޔާސީ މަސްރަހުގައި އިއްޔެ އެންމެ ވަރުގަދަ އެއް ހަބަރަކަށް ވެގެންދިޔައީ އެމްޑީޕީގެ ކުރީގެ ޗެއާޕާޝަން އަދި ކުރީގެ އެކްޓަރު މޫސާ މަނިކު (ރީކޯ މޫސަ) އެމްޑީޕީއާއި ގުޅިވަޑައިގެންނެވި ހަބަރެވެ. އޭގެ ކުރީ ދުވަހު އެންމެ ވަރުގަދަ އެއް ހަބަރަކަށް ވެގެންދިޔައީ މަރިޔަމް ނިޝާ އެމްޑީޕީއާއި ގުޅުނު ހަބަރެވެ. މި ދެ ހަބަރު ގުޅުނީމާ ދިވެހިންގެ ދުލު ކުރިއަށް، ހިތަށް އަންނަ ލަވައަކީ "ދަނީހެ އައިސްބަލާ ބުނެލަދީބަލާ އަނގައިން" މި ލަވަކަން ޔަގީނެވެ.
މި ލަވައިގައި މި ދެ ތަރިންގެ އެކްޓްވެސް އިންތިހާއަށް މޮޅުކަމުގައި ދިވެހިން ދެބަހެއް ނުވާނެއެވެ. މޫސަ ޑަމްޕަރެއްގައި ލޯބި ހާސިލުކުރަން ކުރާ މަސައްކަތަށް މަރިޔަމް ނިޝާ ނޫނެކޭ ބުނަމުން ދިޔަ ނަމަވެސް ލަވަ ނިމިގެންދަނީ "ހެޕީ އެންޑިންގ" އަކުންނެވެ.
މި ލަވަ ހޯދާ ހޯދާވެސް ސައުންޑް ކްލައުޑަކުންވެސް ފެންނާކަށް ނެތެވެ. ނަމަވެސް ޔޫޓިއުބުން މި ލަވަ ފެންނާން އެބަ އިނެވެ. މީގެ ހަތަރު އަހަރު ކުރިން ATD ނަމަކަށްކިޔާ ޔޫޓިއުބް ޗެނަލަކަށް މި ލަވަ އަޕްލޯޑްކޮށްފައިވާއިރު މި ލަވަ މިހާތަނަށް ބައިލައްކައެއްހާ މީހުން ބަލާފައިވެއެވެ.
ކޮންމެއަކަސް މި ލަވައިގެ އަޑު ގަދަވެފައިވާ މި ދަނޑިވަޅުގައި ކިޔުންތެރިންނަށް މި ލަވަ އަލުން ހިއްސާ ކޮށްލަމެވެ. ސިޔާސީ ފާޑުވެރިން ބުނަނީ ރީކޯ މޫސައާއި މަރިޔަމް ނިޝާ އެކުގައިހެން އެމްޑީޕީއަށް ސޮއި ކުރުމީ އިއްތިފާގަކަށްވެސް ވެދާނެކަމަށެވެ. އަނެއް ބަޔަކު ބުނަނީ އެމްޑީޕީންވެސް ދެން ފިލްމު ކުޅެފާނެ ކަމަށެވެ. އިތުރު ހިޔާލުތަކަށް ކިޔުންތެރިންނަށް ދޫކޮށްލާނަމެވެ.
https://www.youtube.com/watch?v=_GboNVG2TW4
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް