ށ. މާއުނގޫދޫގައި ތޫނު އެއްޗަކުން ހަމަލާދީ ދެމީހަކު ޒަހަމްކޮށްލި މައްސަލައިގާ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނެފައިވަނީ އެ ރަށުގައި ތޫނު އެއްޗަކުން ދެމީހަކަށް ހަމަލާދީފައިވާކަމަށް ރޭ 12:40 ހާއިރު ފުލުހުންނަށް ރިޕޯޓްކުރި ކަމަށެވެ.
"މި މާރާމާރީގައި އަނިޔާވި 25 އަހަރުގެ މިހާ އާއި 31 އަހަރުގެ މީހާއަށް މާއުނގޫދޫ ހެލްތު ސެންޓަރުގައި ފަރުވާ ދީފައިވޭ. އަދި 31 އަހަރުގެ މީހާއަށް އިތުރު ފަރުވާދިނުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައި" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނީ މި މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެދަށުން 31 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށާއި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މި މާރާމާރީގައި ޒަޚަމްވި 31 އަހަރުގެ މިހާގެ ހާލު ސީރިއަސްއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް