ތުރުކީގައި ނަމާދު ވަގުތަށް ބަހެއް މަޑު ނުކުރުމުން ހޫނު ބަހުސަކަށް !

ތުރުކީގައި ދިގު ރާސްތާ ދަތުރެއް ކުރި ބަހެއް ނަމާދު ވަގުތަށް މަޑު ނުކުރުމުން އެ މައްސަލަ ހޫނު ބަހުސަކަށް ވެއްޖެއެވެ. 99.8 އިންސައްތަ މުސްލިމް އެ ގައުމުގައި މި މައްސަލަ ހޫނު ބަހުސަކަށްވީ އެ ގައުމަށް ނިސ...

09 Nov 2022 | 00:55

ތުރުކީގައި ދިގު ރާސްތާ ދަތުރެއް ކުރި ބަހެއް ނަމާދު ވަގުތަށް މަޑު ނުކުރުމުން އެ މައްސަލަ ހޫނު ބަހުސަކަށް ވެއްޖެއެވެ.

99.8 އިންސައްތަ މުސްލިމް އެ ގައުމުގައި މި މައްސަލަ ހޫނު ބަހުސަކަށްވީ އެ ގައުމަށް ނިސްބަތްވާ ޓްރެވަލަ ކުންފުންޏެއް ކަމުގައިވާ އޯޒީ އެރިކްސްއިން އެ ގައުމުގެ އެއް ބިތުން އަނެއް ބިތަށް ކުރި ދިގު ރާސްތާ ދަތުރެއްގައި ޕަސިންޖަރަކު ނަމާދު ވަގުތަށް ބަސް މަޑުކޮށްލަދޭން އެދުމުން ޑްރައިވަރު އެކަމާއި ދެކޮޅު ހެދުމުންނެވެ.

އެ ޕަސިންޖަރު ވަނީ އެ ވާހަކަ ޓްވިޓާއަށް ތިލަކޮށްފައެވެ. އެއާއެކު އެ ޓްރެވަލް އޭޖެންސީން ވަނީ ދިފާއުގައި ނޫސްބަޔާނެއް ނެރެފައެވެ. މައްސަލަ ބޮޑަށް ހޫނުވެގެންދިޔައީ އެ ނޫސްބަޔާނާއި ހަމައިންނެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ އެ ޕަސިންޖަރު ނަމާދުކުރަން ބޭނުންވާ ފަދައިން ވަގުތަށް މަންޒިލަށް ވާސިލުވާން ބޭނުންވާ ޕަސިންޖަރުންވެސް އެ ބަހުގައި ތިބި ކަމަށާއި އެކެއްގެ ހައްގަށްޓަކައި އަނެކުންގެ ހައްގު ނަގައިނުލެވޭނެކަމަށެވެ. އަދި 24 ގަޑިއިރަށް ދެމިގެންދާ އެ ދިގު ދަތުރުގައި ރެސްޓް ޕޮއިންޓްތަކެއް ކަނޑައެޅިފައިވާއިރު އޭގެން ރެސްޓިން ޕޮއިންޓަކަށް ދެވުމުންވެސް އެ ޕަސިންޖަރަށް ނަމާދުކުރެވިދާނެކަމަށް އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ކޮންމެއަކަސް މިކަން ހޫނު ބަހުސަކަށް ވެފައިވާއިރު އެއް ބަޔަކު ބުނަނީ ދެން އެ ޓްރެވަލް އޭޖެންސީގެ ބަހަކުން ދަތުރު ނުކުރާނެ ކަމަށެވެ. އަނެއް ބަޔަކު ބުނަނީ އެ ޓްރެވަލް އެޖެންސީގެ ނިންމުމަށް ތާއީދުކުރާކަމަށާއި އޭގައި މައްސަލައެއް ނެތްކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް