ދުވަހުގެ މޫސުން: އެންމެ ދެކުނަށް ކެރީގެ އަސަރު ކުރާނެ، އެހެން ހިސާބުތަކަށްވެސް ވިއްސާރަކޮށްފާނެ

ދުވަހުގެ މޫސުމަށް ބަލައިލާއިރު އެންމެ ދެކުނަށް ކެރީގެ އަސަރުކުރާނެ ކަމަށާއި، އަދި އެހެން ހިސާބުތަކަށް ވިއްސާރަކޮށް ގުގުރާނެކަމަށް ލަފާކުރެވޭކަމުގައި މެޓުން ބުނެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވި...

09 Nov 2022 | 00:40

ދުވަހުގެ މޫސުމަށް ބަލައިލާއިރު އެންމެ ދެކުނަށް ކެރީގެ އަސަރުކުރާނެ ކަމަށާއި، އަދި އެހެން ހިސާބުތަކަށް ވިއްސާރަކޮށް ގުގުރާނެކަމަށް ލަފާކުރެވޭކަމުގައި މެޓުން ބުނެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ މިއަދުގެ އިރު އޮއްސުމާއިހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.

މޫސުމީ އެ ބުލެޓިންގައި ބުނެފައިވާގޮތުގައި ހުޅަނގާއި ހުޅަނގުއުތުރުން، އެންމެ އުތުރުގެ ސަރަހައްދަށް ގަޑިއަކު ތިން މޭލާއި އަށް މޭލާއިދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު އަށް މލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާކަމަށްވެސް ބުނެފައިވެއެވެ.

ކަނޑުތަކަށް ބަލައިލާއިރު އުތުރުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެކަމަށާއި އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެކަމަށާއި އަދި ވިލާގަނޑުގައި ކަނޑުތައް ގަދަވާނެކަމަށްވެސް ބުނެފައިވެއެވެ.

ރާޅުގެ އުސްމިން މިއަދު ހުންނާނެކަމަށް ލަފާކޮށްފައިވަނީ އުތުރުގައި އެއް ފޫޓާއި ތިން ފޫޓާއި ދެމެދު އަދި އެހެން ހިސާބުތަކުގައި ތިން ފޫޓާއި ހަ ފޫޓާއި ދެމެދުގައެވެ.

މިއަދުވެސް ދިޔަވަރު ބޮޑުވާގަޑިތަކުގައި މެދުރާއްޖެއާއި ދެކުނުގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކޮށްފާނެކަމަށް ލަފާކުރެވޭތީ އެކަމަށް ސަމާލުވުމަށް މެޓުން އިލްތިމާސް ކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް