ސައޫދީ އަރަބިއްޔާ ސިންގަލް އެންޓްރީ ވިސާގެ މުއްދަތު 30 އިން 90 ދުވަހަށް ބަދަލުކޮށްފި

ސައޫދީ އަރަބިއްޔާގެއިން އެ ގައުމުގެ ސިންގަލް އެންޓްރީ ވިސާގެ މުއްދަތު 30 ދުވަހުން 90 ދުވަހަށް އިތުރުކޮށްފިއެވެ. މި ބަދަލު ގެނެސްފައިވަނީ ރަސްގެފާނު ސަލްމާން ހިމެނިވަޑައިގަންނަވާހެން އިއްޔެ އެ ގައުމުގަ...

09 Nov 2022 | 00:26

ސައޫދީ އަރަބިއްޔާގެއިން އެ ގައުމުގެ ސިންގަލް އެންޓްރީ ވިސާގެ މުއްދަތު 30 ދުވަހުން 90 ދުވަހަށް އިތުރުކޮށްފިއެވެ.

މި ބަދަލު ގެނެސްފައިވަނީ ރަސްގެފާނު ސަލްމާން ހިމެނިވަޑައިގަންނަވާހެން އިއްޔެ އެ ގައުމުގައި ކުރިއަށްދިޔަ ކައުންސިލް އޮފް މިނިސްޓާސްގެ ބައްދަލުކުރެއްވުމުގައެވެ.

ސައޫދީއިން ވަނީ ސިންގަލް އެންޓްރީ ވިސާގެ މުއްދަތު 30 އިން 90 އަށް ބަދަލުކުރުމުގެ އިތުރުން ޓްރާންސިޓް ވިސާގެ ވަގުތަށްވެސް ބަދަލު ގެނެސްފައެވެ. އެގޮތުން ކުރިން 48 ގަޑިއިރު ލިބޭ އެ ވިސާގެ ވަގުތު ވަނީ 96 އަށް ބަދަލުކޮށްފައެވެ.

މި ބަދަލާއެކު އެ ގައުމުގައި ފަތުރުވެރިކަމަށް ހެޔޮ ބަދަލެއް އަންނާނެކަމުގައި ބެލެވެއެވެ. އަދި އުމްރާގެ އަޅުކަން އަދާކުރަން ދާ ފަރާތްތަކަށްވެސް މި ބަދަލުގެ ސަބަބުން އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެކަމުގައި ބެލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް